ads
އިންނަމާދޫގައި ގާއިމުކުރާ ސޯލާ ޕެނަލް ސިސްޓަމް
އިންނަމާދޫގައި ސޯލާ، ބޮޑުތަނުން ޑީސަލަށްކުރާ ހޭދަ ދަށަށް
ރ އިންނަމާދޫގައި ސޯލާ ހަރުކޮށް ޑީސަލަށްކުރާ ހޭދަ ބޮޑުތަކުން ދަށްކުރެވޭނެކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މިނިސްޓްރީން ބުނީ އިންނަމާދޫގައި 350 ކިލޯވޮޓްގެ ސޯލާ ފޮޓޯވޮލްޓެއިކް ކެޕޭސިޓީ ހިމެނޭ، ޒަމާނީ ސޯލާ ޑީސަލް ބެޓެރީ ހައިބްރިޑް ސިސްޓަމަކާއި, 618 ކިލޯވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. 

މި ސިސްޓަމް ގާއިމުކުރުމުން އަހަރަކު 164،672 ލީޓަރުގެ ޑީސަލަށް ކުރާ ހަރަދު ސަލާމަތްކުރެވޭނެ ކަމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން މި ސިސްޓަމްގެ ސަބަބުން އަހަރަކު 403 ޓަނުގެ ކާބަންޑައި އޮކްސައިޑް އުފެދޭ މިންވަރު ވެސް މަދުވާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. 

your imageއިންނަމާދޫގައި ގާއިމުކުރާ ސޯލާ ޕެނަލް ސިސްޓަމް

މި މަސައްކަތަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައިން ފޯރުކޮށްދިނުމަށް ބަދަލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ މަސައްކަތެއްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.   

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް