ads
ފޮޓޯ: ގާފު
އެއްކިލޯ އަށް ވުރެ ބަރު މަސް 16ރ. ގެ ރޭޓުން މިފްކޯއަށް ގަންނަން ފަށައިފި
މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށް، މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި އެވެ.
Advertisement

ދައުލަތުގެ މަސްކުންފުނިން އެ ބަދަލު ގެނައީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާތީ އެވެ.

އެ ކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތައް، އެއް ކިލޯ އަށް ވުރެ ބަރު މަސް މިއަދުން ފެށިގެން ގަންނާނީ މަދުވެގެން 16ރ. އަށް ކަމަށެވެ.

މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު

  • އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން މިފްކޯއަށް ގަންނާނީ 16ރ. އަށް
  • އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14ރ.
  • 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއަކަށް 18ރ.
"މިއަދުން ފެށިގެން މިފްކޯއަށް މަސްވެރިން ކިރާ މަހަށް މި ރޭޓުން ފައިސާ ލިބޭނެ،". މިފްކޯއިން ބުންޏެވެ.  

މިފްކޯއިން ބުނީ، މިފްކޯއަށް މަސް ގަންނަ އަގަށް ގެނައި ބަދަލުގެ މަގްސަދަކީ ސަރުޚާރުގެ ސިޔާސަތު އެއްގޮތަށް މަސްވެރިންނަށް ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުން ކަމަށެވެ. އަދި މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ދައުލަތާއި ރައްޔިތުންނަށް އިތުރަށް ބުރައަކަށް ނުވެ، ހިންގުމުގެ ހަރަދު ކުޑަކޮށްގެން، މަސްވެރިން ބޭނުންވާ އަގު މަހަށް ހޯދައިދީ، ފެންވަރު ރަނގަޅު ހިދުމަތްތަކެއް މަސްވެރިންނަށް ފޯރުކޮށްދޭން ކަމަށްވެސް މިފްކޯއިން ބުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް