ads
ރައީސް މުއިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލު ކުރައްވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހި ވިޔަފާރިވެރިންނާ އަންނަ ބުދަ ދުވަހުގެ ރޭ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
Advertisement

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބުދަ ދުވަހުގެރޭ، ދިވެހި ވިޔަފާރިވެރިންނާ ރައީސް ބައްދަލުކުރެއްވުން އޮންނާނެ ކަމަށެވެ.

އެއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުންގެ ކަންބޮޑުވުން ސީދާ ގޮތެއްގައި އަޑުއެއްސެވުމަށް ރައީސް ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށް ހީނާ ވިދާޅުވި އެވެ.

އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމަށް ދިވެހި ހުރިހާ ވިޔަފާރިވެރިންނަށް ރައީސް ވަނީ ދައުވަތު ދެއްވައިފަ އެވެ.

ރައީސް މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ސަރުކާރުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ މި އަހަރު ނިމެންވާއިރަށް އެއްކޮށް ދޭނެ ކަމަށް ދާދިފަހުން ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ސޯޝަލް މީޑިއާގައި މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް