ބ. ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އާ ހަވާލުކޮށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަހަރުގެ އޮގަސްޓްމަހުގެ ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމަށް އެތަނުގެ ޑިޒައިނިން މަސައްކަތް އަމިއްލަ ކުންފުންޏެއްކަމަށްވާ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާކަމަށެވެ.
މިކަމުގެ އެެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްއެވެ. އަދި އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތް އަބްދުއްސައްތާރުއެވެ.
ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް ޑިޒައިންކުރަން ހަވާލުކޮށްފައިވަނީ އެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އަދި އެ މަސައްކަތް ނިމުމުން އެތަން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
ދަރަވަންދޫ އެއާޕޯޓް އާ ޓާމިނަލް ޑިޒައިންކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ދަރަވަންދޫ އެއާޕޯޓު ތަރައްގީކުރީ ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިންނެވެ. އެއާޕޯޓު ހުޅުވާ ހިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު އެވެ.