ads
އެޕޯލޯ ހޯލްޑިންސްގެ ސީއީއޯ މުހައްމަދު ވަހީދު (ދިގަލި) އާ ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
އާއްޓޭއާ ދިގައްޔަށް ގިނަވެގެން އަންނާނީ 12 އަހަރުގެ ހުކުމެއް
މްޕީއެލް ބަނދަރުގއި ހުއްޓާ ވަގަށް ނެގި ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލާގައި ހައްޔަރުކުރި ދެ ވިޔަފާރިވެރިންކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާ އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) މައްޗަށް ކުށް ސާބިތުވެއްޖެނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ 12 އަހަރުގެ ޖަލު ހުކުމެއްކަން ބެލެވިއްޖެއެވެ.
Advertisement

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހުގައި ފުލުހުން އެދުނެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.

 މި ވައްކަން ރާވާ އެކަމުގައި ހަރަދުކޮށް މޭސްތިރިންގެ ގޮތުގައި ތިބިކަމަށް ފުލުހުން ތުހުމަތު ކުރަނީ މުހައްމަދު ވަހީދާއި އަހުމަދު އާރިފްގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީއެވެ. މި ތިން މީހުންގެ މައްޗަށް ޕީޖީ އޮފީހުން  ވަނީ ދެ ދައުވާއެއް އުފުލާފައެވެ. 

އެމީހުންގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، ވައްކަން ކުރި މުދަލުގެ އަގު 500،000 ރުފިޔާއަށްވުރެ މަތިވާ ނަމަ، އެ ކުށަކީ ޖިނާއަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.  އެ ކުށަކީ އަސާސީ މިންގަނޑުން ބަލާއިރު ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ. އެންމެ މަތީ އަދަބަކީ، އަށް އަހަރުކަމަށް ގާނޫނޫލް އުގޫބާތުގައި ވެއެވެ. 

މި ތިން މީހުންގެ މައްޗަށް ދެން އުފުލާފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމުގެ ކުށަކީ  ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށަކަށެވެ. މި ކުށުގެ އަސާސީ އަދަބަކީ  އެއްް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެކެވެ. އަދި އެ ކުށުގެ އެންމެ މަތީ އެންމެ މަތީ އަދަބަކީ، ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ. 

މި އަދަބުތަކަށް ބަލާއިރު އާއްޓޭއާ ދިގަލިގެ މައްޗަށް ދެ ކުށް ސާބިތުވެއްޖެނަމަ އެންމެ ބޮޑު އަދަބަކަށް އަންނާނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. 

މި ދައުވާތަށް ސާބިތުވާ ހާލަތުގައި، ކުށުގެ އަމަލުގެ ޒާތާއި ބާވަތާއި، ހައްސާސްކަމަށް ރިއާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް