އެ ކައުންސިލުން ބުނީ މާލޭގައި މީދާ ގިނަވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އުދަގޫތަކާއި ކުރިމަތިވެ އެކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށެވެ.
މާލޭގައި އުޅޭ މީދާތައް މެރުމުގެ ހަރަކާތް ފެށީ މިއަދުއެވެ. މި މަސައްކަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކަން ފައްޓަވާދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމްއެވެ.
މީދާ މެރުމުގެ ހަރަކާތް ފަށާފައިވަނީ މާލޭގެ ލޯކަލް މާރުކޭޓްގައެވެ. އެގޮތުން އެ މާރުކޭޓްގައި އެކި ސަރަހައްދުތަކުގައި މީދާ މަރާ ބޭސް ވަނީ ބައްހައްޓާފައެވެ.
މާލޭގައި އުޅޭ މީދާ މަރަން ސިޓީ ކައުންސިލުން ފެށި ހަރަކާތުގެ ތެރެއިން
މާރުކޭޓް ސަރަހައްދުން މި މަސައްކަތް ފެށި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ސަރަހައްދުތަކުގައި އެ ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މާލޭގައި އުޅޭ މިދާތައް މަރަން ބޭސް ބަހައްޓަމުން ދާނީ ސިޓީ ކައުންސިލްގެ މުވައްޒަފުންކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ. އަދި މަރުވާ މީދާތައް ނަގަން ނުކުމެ އެކަންވެސް ކުރާނީ ސިޓީ ކައުންސިލްގެ މުވައްޒަފުންކަމަށްވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.