ads
އިމްގްރޭޝަނުން މަސާޖު ޕާލާއެއް ބަލާ ފާސްކުރަނީ
މާލޭގައި ހިންގަމުން އައި 52 މަސާޖު ޕާލާ ހަފްތާއެއްގެތެރޭ ބަންދުކޮށްފިން: ރައީސް
މާލޭގައި ހިންގަމުން ދިޔަ 52 މަސާޖު ޕާލާ ހަފްތާއެއްގެތެރޭ ބަންދުކޮށްފިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ގަލޮޅު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވީދާޅުވީ މަސާޖު ޕާލާ ހިންގުމަކީ މާލޭގައި އިޖުތިމާއި ގޮތުން ހިނގާ ވަރަށް ނޭދެވޭ ކަމެއްކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މަސާޖު ޕާލާތައް މީ އޮންނަ އުސޫލަކުން ވަކި ރޫޓިންނަކުން އަބަދުވެސް ފުލުހުންނާއި އިމިގްރޭޝަނާއި ގުޅިގެން ބަލަމުންދާ ނުވަތަ ތަނެއް ފާހަގަވެއްޖެއްޔާ ބަންދުކުރުމުންދާ ގޮތަށް އޮންނަކަމެއްކަމަށެވެ. އެހެންނަމަވެސް މި ކަންބޮޑުވުންތައް އެމަނިކުފާނު ރައްޔިތުންނާއި އެކު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ލިބެން ފެށުމުން ސަރުކާރު ހާއްސަ މަސައްކަތެއްގެ ގޮތުގައި އެކަން ބަލަން ފެށިކަމަށެވެ. 

އެގޮތުން މިމަހުގެ 9 ވަނަދުވަހު އެކަމަށް ހާއްސަ އޮޕަރޭޝަނެއް ކަމާއި ގުޅާ ދާއިރާތަކުން ފަށާ މިދިޔަ 16 ދުވަހުގެ ތެރޭގައި 52 މާސާޖު ޕާލާއެއް ބަންދުކޮށްފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މި އޮޕަރޭޝަން ހިންގަން ފެށުމުން އަމިއްލައަށް ބައެއް ތަންތަން ބަންދުކުރިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" މި ކުޑަދުވަސްކޮޅުގެ ތެރޭގައި ކުރެވުނު މަސައްކަތުން 52 މަސާޖު ޕާލާ ބަންދުވެއްޖެ. 52 ތަނުގެ ތެރެއިން 24 ތަން އެ އޮޕަރޭޝަންގެ ތެރެއިން ގޮސް ވަދެ ފާހަގަވި ކަންކަމަށް ބަލާފައި އޮންނަ އުސޫލުން ބަންދުކުރި ޓީމުން. މިކަން މިހެން ހިނގާތީވެ އަމިއްލައަކަށް ހުއްޓާލާފައި ވިޔަފާރި ބަންދުކޮށްފައި އަމިއްލައަކަށް ބަންދުކުރީ 28 ތަން. އެހެންވެ ޖުމްލަ 52 ތަން. " ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ބިދޭސީން ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ބަންދުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގެ ގަވައިދާ ހިލާފަށް ވިޔަފާރިކުރަމުން އައި 74 މިހާތަނަށް ބަންދުކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް