ads
ބީއެމްއެލް ސްޓާޓަޕް ގްރާންޓް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ރަސްމިއްޔާތު ކުރިއަށްދަނީ. - ފޮޓޯ: ބީއެެމްއެލް
ބީއެމްްއެލްގެ ސްޓާޓަޕް ގްރާންޓު ލިބޭ ފަރާތްތައް ހޮވައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން މި އަހަރު ދޫކުރާ ސްޓާޓަޕް ގްރާންޓް 2025، ލިބޭ ފަރާތްތައް ހޮވައިފި އެވެ.
Advertisement

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އަލަށް ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ އެއް އަހަރު ނުވާ ވިޔަފާރިއެއް ފުޅާކުރުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ދެމުންއަންނަ ފަންޑެކެވެ.

މި އަހަރު ގްރާންޓް ކާމިޔާބުކުރި ވިޔަފާރިތަކަކީ:

1. ރަށި ޕާކް (އިބްރާހީމް މިފްޟާލް ފަޔާޟް)

އައްޑޫ ސިޓީ ފޭދޫގައި ކުޑަކުދިންގެ އިންޑޯ ޕާކަކާއި ފެމެލީ ކެފޭއެއް ގާއިމުކުރުމަށް. މިއީ އައްޑޫގައި ގާއިމުކުރާ މިފަދަ ފުރަތަމަ ޕާކް. މި ޕާކުގައި ކުޑަކުދީން ކުޅުމަށް ވަސީލަތްތަކާއި ބެލެނިވެރިންނަށް ކާބޯތަކެއްޗާއި ވައިފައި ލިބޭނެހެން ލައުންޖް އޭރިއާއެއް ގާއިމުކުރާނެ.

2. ރަށު ޕްލާސްޓިކް ޕްރޮޖެކްޓް (މުޙައްމަދު މިމްރާޙް)

މި ޕްރެޖެކްޓްގެ މަގުސަދަކީ އުކާލާ ޕްލާސްޓިކުން ބޭނުންތެރި އަދި ދެމެހެއްޓެނިވި ޕްރޮޑެކްޓްސް އުފެއްދުން. އުލާކާ ޕްލާސްޓިކް ރީސައިކަލްކޮށް، ގަޑި، ކީޗެއިން ސަންގްލާސް ފަދަ މާކެޓުގައި ވިއްކޭނެ ސާމަނު މި ޕްރޮޖެކްޓުން އުފައްދާނެ. މި ޕްރޮޖެކްޓްގެ ރީސައިކްލިންގ ސެޓަޕް ގާއިމްކުރާނީ ވ. ފެލިދޫގައި.

3. ލޭޑީބަރޑް ކިންޑަރގާޑެން (ޝައްމާ ނަދީމް)

ހުޅުމާލޭ ފޭސް 2ގައި އުމުރުން 3 އަހަރާއި 6 އަހަރާ ދެމެދުގެ ކުދީންނަށް އެކުދިންގެ އުމުރާއި ގުޅޭ ހަރަކާތްތަކުގެ ތެރެއިން ދީނީ ތަރުބިއްޔަތު ރާއްޖޭގެ ކަރިކިއުލަމް ސްޓޭންޑާޑް ތަކާ އެއްގޮތަށްދޭ، އިސްލާމިކް އާލީ ލާނިންގ ސެންޓަރެއް ގާއިމުކުރުމަށް.

your imageބީއެމްއެލް ސްޓާޓަޕް ގްރާންޓް ލިބުނު ބޭފުޅަކު ރަސްމިއްޔާތުގައި ބައިވެރިވަނީ. - ފޮޓޯ:ބީއެމްއެލް

ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ބީއެމްއެލް އިން ހޮވީ ދެ ސްޓޭޖަކަށް ބަހާލައިގެން ވާދަވެރި އިވެލުއޭޝަނަކުންނެވެ. ފުރަތަމަ ސްޓޭޖުގައި އެންމެ ފާހަގަކުރެވޭ 10 ވިޔަފާރިއެއް ޝޯޓްލިސްޓްކޮށް، ދެ ވަނަ ސްޓޭޖުގައި މި ވިޔަފާރިތަކުން އިވެލުއޭޝަން ކޮމިޓީއަށް ވިޔަފާރީގެ ޕްލޭން ހުށަހެޅި އެވެ.

މީގެ ކުރިން ކޮންމެ އަހަރަކު ގްރާންޓް ދޫކުރި ދެ ފަރާތަކަށް ނަމަވެސް މި އަހަރު ތިން ފަރާތަކަށް ގްރާންޓް ދިނީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ. މިއީ ސްޓާޓަޕް ގްރާންޓް ވިދިވިދިގެންދޭ ހަތަރުވަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް