ads
ޮޕީއެންއެފްގެ މިރޭގެ ޖަލްސާގައި ޒަރިޔަންދު ވާހަކަ ދައްކަވަނީ - ފޮޓޯ: ޕީއެންއެފް
ޒަރިޔަންދު ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ
އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕަލްސް ނެޝަނަލް ޕްރޮންޓް (ޕީއެންއެފް)ގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓަކަށް އިސްމާއިލް ޒަރިޔަންދު ހަމަޖައްސައިފި އެވެ.
Advertisement

މިކަން އިއުލާންކުރީ މިހާރު އާޓިފިޝަލް ބީޗުގައި ކުރިއަށްދާ އެ ޕާޓީގެ "ރިސެޓް" ޖަލްސާގަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު ވިދާޅުވީ ފާއިތުވި 30 އަހަރު ތެރޭގައި ދައުލަތުގެ އެކި ފަންތީގައި އެނާ ކުރެއްވި މަސައްކަތާއި އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކަށް ބަލައި އިންތިހާބީ އެއްވެސް މަގާމަކަށް އޭނާ ނެރެން މީގެ ކުރިން އެއްވެސް މީހަކު އެދިފައި ނުވާ ކަމަށެވެ.

އަދި، ހާއްސަކޮށް ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު އެފަދަ އެދުމެއް އެދިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މެޔަރުކަމަށް ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް، ޔާމީން ދެއްވި ހިތްވަރަކުން ކަމަށް ކުރީގެ ގައުމީ ގޯލްކީޕަރު އަދި ދައުލަތުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޒަރިޔަންދު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ވާދަކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ މަހު 30ގަ އެވެ.

އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުގެ ގޮނޑިއަށް ވާދަކުރައްވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޫސާ އަލީ ޖަލީލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް