ads
އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓަށް ފަލަސްތީނާއި ސޫރިޔާ ހިމަނުން
އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓަށް ފަލަސްތީނާއި ސޫރިޔާ!
އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ހަތް ގައުމެއް ހިމަނައި އޭގެ އިތުރުން ފަލަސްތީނު އަދި ސޫރިޔާ ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ނުވަދެވޭ ގޮތް ހަދައިފި އެވެ.
Advertisement

ފަލަސްތީނާއި ސޫރިޔާގެ އިތުރުން، އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ލިސްޓަށް ޓްރަމްޕް އިތުރު ކުރި ގައުމުތަކަކީ ބުރްކިނާ ފާސޯ، މާލީ، ނައިޖާ، ނީޜިޔޭ އަދި ދެކުނު ސޫދާނެވެ. މީގެ އިތުރުން، ލާއޯސް އަދި ސިއެރެ ލިޔޯން ވެސް ޓްރަމްޕް ވަނީ އެ ލިސްޓަށް އިތުރު ކޮށްފަ އެވެ. މީގެ ކުރިން ވެސް، އެ ދެ ޤައުމުގެ ރައްޔިތުންނަށް އެމެރިކާއަށް ދަތުރު ކުރުމުގައި ހުރަސްތަކެއް އޮތީ ކުރިމަތި ކޮށްފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މި ހަރުކަށި ސިޔާސަތުގެ ދަށުން، އެތައް ގައުމެއްގެ މީހުންނަށް މިހާރު ވަނީ އެމެރިކާއަށް ވަނުން މަނާވެފަ އެވެ. މިހާރު ވަނީ އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ އަދަދު 40 އާ ގާތްކޮށްފަ އެވެ.

މިއީ، އެމެރިކާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމުގެ ގޮތުން ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއް ކަމުގައި ވެސް ވައިޓް ހައުސުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް