ހޯމް މިނިސްޓްރީން ބާއްވާ ޕްރެސެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ގަވައިދާ ހިލާފަށް ކުރަމުން އަންނަ ވިޔަފާރިތައް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާއެެއްގެ ތެރޭގައި 47 ވިޔަފާރި ބަންދުކޮށްފައިވާކަމަށެވެ.
މީގެތެރޭގައި ގިނައީ ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮށް ހިންގަމުން އަންނަ ވިޔަފާރިތައްކަމަށް ހޯމް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. މިގޮތަށް ހުރި ވިޔަފާރިތަކަށް ބަލާއިރުގައި އެތަން ރެޖިސްޓްރީކޮށްފައިވާ ދިވެހި މީހާއަށް އެތަނުގައި ކުރަނީ ކޮން ވިޔަފާރިއެއްކަންވެސް ނޭނގޭކަން އިހްސާން ފާހަގަކުރެއްވިއެވެ.
މިގޮތަށް މިކަން ކަން ކުރާނަމަ މިވަގުތުން ފެށިގެން މި ބަންދުކުރާ ތަންތަނާ އެކުއެކީގައި ދިވެހިންގެ ތެރެއިން ބިދޭސީން އެކްސްޕޮލެއިޓްކޮށް މިގޮތަށް ފާހަގަކުރެވޭ ފަރާތްތަކާއި ދޭތެރޭގައި މިހާރު ގާނޫނުގައިވާ ހަރުކަށި ފިޔަވަޅުތައް އަޅާނެކަމުގެ ހަރުކަށި އިންޒާރު ހޯމް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
ގަވައިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ރިޕޯޓްކުރަން ހުޅުވާލުމުން މިހާތަނަށް ގާތްގަޑަކަށް 200 ވުރެ ގިނަ ތަންތަން ރިޕޯޓްކޮށްފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;