ads
ފުލުހުން އަތުލާފައިވާ މަސްތުވާތަކެތި
ދެ އަހަރުތެރޭ 2 ބިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
މި ސަރުކާރުގެ މި ދިޔަ ދެ އަހަރުގެ ތެރޭގައި 2.2 ބިލިއަން ރުފިޔާގެ ޑްރަގްސް ހިފަހައްޓާފައިވާ ކަމަށް ހޯމް މިނސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
Advertisement

ހޯމް މިނިސްޓްރީން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، މިދިޔަ ދެ އަހަރުގެ ތެރޭގައި މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތަކީ ރާއްޖެ އެތެރެކުރާ މަސްތުވާތަކެތި ހިފަހައްޓާ އެކަން ކުރާ މީހުންނާއި މެދު ފިޔަވަޅުތައް އެޅުންކަމަށެވެ.

އެގޮތުން މިދިޔަ ދެ އަހަރުގެތެރޭގައި ހިފެހެއްޓި ޑްރަގްގެ ބަރުދަން 1.1 ޓަނަށް އަރާކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީ އަގުގެ 2.2 ބިލިއަން ރުފިޔާއަށް އަރާކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. މިނިސްޓަރު މީ އެންމެ ގިނަ އަދަދަކަށް ޑްރަގްސް ހިފެހެއްޓި ފުރަތަމަ ދެ އަހަރުކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ތާރީހުގައި ދެ އަހަރު ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފެހެއްޓި ފުރަތަމަ ދެ އަހަރު،" އިހުސާން ވިދާޅުވިއެވެ.

ޑްރައިގާއި ދެކޮޅަށް 'އޮޕަރޭޝަން އަލިމަގު'ގެ ނަމުން ނަން ދީފައިވާ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފެށީ މިދިޔަމަހުގެ 13 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ މުޅި ރާއްޖޭގައި އެއްވަގުތެއްގައި ހިނގި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކީގެ ބަރުދަނަކީ 29.86 ކިލޯކަމަށެވެ. މި އޮޕަރޭޝަން 39 ރަށެއްގެ 105 ތަނެއް ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެއިތުރުން އެއްގަމު ނުވަ އުޅަނދަކާއި ކަނޑު އެއް އުޅަނދު ފާސްކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް