ads
ހައިކޯޓް
ކަށިމިޔަރު މަސްވެރިކަން ހުއްޓުވަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރު
ހައި ކޯޓަށް މި މައްސަލަ ހުށަހެޅީ ތިމާވެށި އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ އަދި ސީނީން
ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރަން އެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ.
Advertisement

ކަށިމިޔަރުގެ މަސްވެރިކަން ވަކި އުސޫލުތަކެއްގެ ތެރެއިން ހުއްދަކުރަން ނިންމައި، ސަރުކާރުން މިދިޔަ އޮކްޓޫބަރު މަހު އާންމުކުރި ގަވާއިދާއި އެކަމަށް އާންމު ކޮށްފައިވާ ޕްލޭން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސިނީންގެ ފަރާތުންނެވެ.

މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ، ބާތިލުކުރަން އެދިފައިވާ ކަށިމިޔަރު މަސްވެރިކަމާ ގުޅޭ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ނުވާތީ ދުސްތޫރީ މައްސަލައެއް ކަމަށް އެ މައްސަލަ ނުވާކަމަށް ކަނޑައަޅައިފަ އެވެ.

މި ނިންމުން ނިންމާފައިވަނީ ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާއެއެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމިއްޔާތައް ވެސް ހިމެނޭ ގޮތަށް ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ 60 ޖަމިއްޔާއަކުންނާއި 50 ސައިންޓިސްޓުންގެ ސޮއި ވެސް ހިމެނޭ ގޮތަށް މި ކަން ނުކުރުމަށް އެދި ރައީސް މުހައްމަދު މުއިއްޒަށް ސިޓީއެއް ވެސް ފޮނުވި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށް، ރާއްޖޭގައި މިޔަރު ހިމާޔަތްކުރީ 2010 ވަނަ އަހަރުން ފެށިގެންނެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރާނެކަން ރައީސް ޑރ މުއިއްޒު އިއުލާންކުރެއްވީ މި އަހަރުގެ އޯގަސްޓު ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރަތުގައި އެރަށު ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ. އޭރު ރައީސް ވިދާޅުވީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަށިމިޔަރު މަސްވެރިކަން ހުއްދަވާނެކަމަށެވެ. 

ކަށިމިޔަރު މަސްވެރިކަން ހުއްދަކޮށް ނެރުނު ގަވައިދުގައި ބުނަނީ ކަށިމިޔަރުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމެޓީއެއް ހަދަން ޖެހޭނެކަމަށެވެ. އެ ކޮމެޓީގައި 13 މެމްބަރުން ހިމަނަން ޖެހެއެވެ. 

މި ގަވައިދު ބުނާގޮތުން ކަށިމިޔަރުގެ މަސްވެރިކަން ކުރަން އެންމެ ގިނަވެގެން ހުއްދަ ދެވޭނީ 40 އުޅަނދަށެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގަން ހުއްދަ ދީފައިވަނީ އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެެވެ. މީގެިތުރުން ކަަށިމިޔަރުގެ މަސްވެރިކަން ކުރެވޭނ،ީ މިނިސްޓްރީން ކަނޑައަޅާ އިއުލާނުކުރާ ގޮތެއްގެ މަތީން ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށްކަމަށްވެސް މި ގަވައިދުގައި ވެއެވެ.

އެކަމާ ދެކޮޅަށް ތިމާވެށީގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް، އަދި ޕެޓިޝަނެއްގައި ވެސް ސޮއިކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް