ads
ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގައި ބީއެމްއެލުން މިއަދު ބެހެއްޓި ރުފިޔާ އޭޓީއެމް - ފޮޓޯ: ބީއެމްއެލް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރުފިޔާ އޭޓީއެމްއަކާއި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިފި
ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލެ ފޭސް 2 ގައި އަލަށް ދެ އޭޓީއެމް ސެންޓަރ ހުޅުވައިފި އެވެ.
Advertisement

ފޭސް 2 ގައި ބޭންކުގެ ހިދުމަތް ފުޅާކުރުމަށް ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގައި ރުފިޔާ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް، އެކު ހިޔާ ގައި (ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި) ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ވަނީ ގާއިމުކޮށްފަ އެވެ.

ދެވަނަ ފިޔަވަހީގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފެށުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

your image

މި ހިދުމަތްތައް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުހައްމަދު ސައީދު އާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ފޭސް 2 ގައި ގާއިމުކުރެވުނު އާ އޭޓީއެމް ސެންޓަރުތަކުގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ފޭސް 1 ގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗާއި 4 ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތަކުންނާއި ފޭސް 2 ގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މިހާރުވެސް ހުޅުމާލޭގައި ފުރިހަމަ ބޭންކިންގ ހިދުމަތެއް ފޯރުކޮށްދެމުންނެވެ. އަދި މީގެ އިތުރުން ބޭންކުން އަންނަނީ ހުޅުމާލޭ ފޭސް 1 ގައި ހުންނަ ރެނާޓަސް އިތާ މުއި އިމާރާތުގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދެމުންނެވެ.

"އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާ ވެސް ފަސޭހައިން މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒު ކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް ފަސޭހަ އަދި އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން،" ބީއެމްއެލްގެ އެމްޑީ ޝަރީފު ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް