ads
ވަގަށް ނަގައި ބާ ދަނގަނޑަށް ކިރަން މަސައްކަތްކުރި އިންޖީނު
140،000 ރުފިޔާގެ އިންޖީނެއް ވަގަށް ނަގައި ބާ ދަނގަނޑަށް ކިރަން މަސައްކަތްކޮށްފި
ހުޅުމާލޭގެ ގެއަކުން ވަގަށް ނަގާފައިވާ އެއް ލައްކަ ސާޅީސް ހާސް ރުފިޔާގެ އަގުހުރި އިންޖީނެއް، ބާ ދަގަނޑުގެ ގޮތުގައި ވިއްކާލާފައި ވަަނިކޮށް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
Advertisement

 ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއީ މި މަހުގެ 17 ވަނަ ދުވަހު ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެކެވެ.

މި މައްސަލައާ ގުޅިގެން ހުޅުމާލެ ޕޮލިހުން ކުރި މަސައްކަތުން، އެ އިންޖީނު ފެނިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހިންގާ ބާ ދަގަނޑު ކިރާ ތަނަކުންނެވެ. އެ ތަން ބަލައިފާސްކުރިއިރު އިންޖީނުގެ ބައިތައް ފެނިފައިވާއިރު، 140،000 ރުފިޔާގެ އަގުހުރި މި އިންޖީނު އެތަނަށް ވިއްކާލާފައިވަނީ އެންމެ 1083 ރުފިޔާއަށް ކަމަށް ފުލުހުން ބުންޏެވެ. އިންޖީނު ހޯދިިއިރު އޭގެ ބައެއް ބައިތައް ވަނީ ވަކިކޮށްފައެވެ.

އިންޖީނު މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާއިރު، މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ފުލުހުން ވަނީ މިފަދަ އަގުބޮޑު ތަކެތި ނުއަގުގައި ވިއްކަން އުޅޭނަމަ، އެ ތަކެތި ގަތުމުގެ ކުރިން އެއީ ކިހިނެއް ހޯދާފައިވާ އެއްޗެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ވަގަށް ނަގާފައިވާ ތަކެތިކަން އެނގިހުރެ ނުވަތަ އެކަން ބެލުމެއް ނެތި މުއާމަލާތްކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަން ފުލުހުން ފާހަގަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް