ads
ހިޔާ ފްލެޓެއް: ފޮޓޯ އެޗްޑީސީ
ހިޔާ ފްލެޓްތަކުގެ ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މާފުކޮށްދީފި
ހުޅުމާލެ ފޭސް 2 ގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ) އިން މާފުކޮށްދީފިއެވެ.
Advertisement

މިކަމާ ގުޅޭގޮތުން އެ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ޖޫރިމަނާ މާފުކޮށްދީފައިވަނީ ނިމިދިޔަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތަކެވެ.

ޖޫރިމަނާ މާފުކޮށްދިންކަން އަންގައި، ފްލެޓްތަކުގެ ވެރިފަރާތްތަކަށް މި ހިނގާ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ސިޓީ ފޮނުވަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މިއީ ސަރުކާރުން ރައްޔިތުންނަށް ލުއި ހޯދައިދިނުމުގެ ގޮތުން ނިންމަވާފައިވާ ނިންމެވުމެކެވެ. މީގެ ކުރިންވެސް ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހިޔާ ފްލެޓްތަކުން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދީފައެވެ. އެހެންކަމުން މިހާރު ގެނައި ބަދަލާއެކު، މިދިޔަ މަހުގެ ނިޔަލަށް ހުރި ޖޫރިމަނާތައް މިވަނީ މާފުކުރެވިފައެވެ.

ފްލެޓްތަކުގެ ވެރިންނަށް މާލީގޮތުން ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ނަގާފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް 12 ޕަސަންޓުން 10 ޕަސަންޓަށް ކުޑަކޮށްދިނުމަށާއި، ވިނަރެސް ފްލެޓްތަކުގެ ލޯނުތަކުގެ އިންޓްރެސްޓް ނުވަ ޕަސަންޓުން އަށް ޕަސަންޓަށް ކުޑަކޮށްދިނުމަށް، ގައުމީ ބޭންކު (ބީއެމްއެލް) ގައި ރައީސް ވަނީ އެދިވަޑައިގެންފައެވެ. އަދި ފައިސާ ނުދެއްކިގެން ޑިފޯލްޓްވެފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް ވެސް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް