އޭގައިވާ ގޮތުން، ކައުންސިލް އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާއެކު ޖުމްލަ 129 މީހުން ވަނީ ކުރިމަތިލައިފަ އެވެ.
އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރެ އެވެ. އެއީ ރަށްރަށުން 15 އަދި މާލެއިން އަށް މީހުންނެވެ.
ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް ވަނީ އެމްޑީޕީގެ ޓިކެޓު ލިބިފަ އެވެ. އެކަމަކު، އެ ތަފްސީލުތަކެއް އަދި ނުލިބެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބު އޮންނާނީ 16 ޖަނަވަރީ 2026 ވާ ހުކުރު ދުވަހުގެ މެންދުރު 2:30އިން ރޭގަނޑު 8:00އަށް ކަމަށް އެ ޕާޓީއިން ބުނެފައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ޖެނުއަރީ 16 ގައި ބާއްވާއިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕްރައިމަރީ މި މަހުގެ 27 ގައި ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.