ads
ޕްރައިމަރީގެ ކެމްޕޭނުގައި އަލީ އާޒިމް
އެމްޑީޕީ ކައުންސިލް ޕްރައިމަރީ އިންތިޒާމު ކުރަނީ ގަވައިދާ ހިލާފަށް: އާޒިމް
ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގެ ކަންކަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވައިދާ ހިލާފަށް އިންތިޒާމު ކުރަމުންދާ ކަމަށް ވިދާޅުވެ، މާލޭގެ މޭޔަރަކަށް އެމްޑީޕީ ޓިކެޓު ހޯދުމަށް ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ޝަކުވާ ހުށަހަޅުއްވައިފި އެވެ.
Advertisement

އެމްޑީޕީގެ އިސްތިއުނާފު މަޖިލީހުގެ ރައީސް އަހުމަދު އަބްދުﷲ އަފީފަށް އެޑްރެސްކުރައްވާ އާޒިމް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ވޯޓްލެވޭ ރަށްތަކާއި ސިޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކުރުމުގައި ކަންހިނގާފައިވާ ގޮތާއި އަދި އިދާރީ ގޮތުން ޕާޓީގެ އިންތިހާބައި ބެހޭ ގުނަވަންތައް ހަރަކާތްތެރިވަމުން އަންނަ ގޮތުން މިކަމަކީ އޭނާގެ އިންތިހާބީ ހައްގަށް އުނިކަން އަންނާނެ ކަންކަން ކަމަށް ދެކޭތީ އެކަންކަން ސަމާލު ކަމަށް ގެންނަ ކަމަށެވެ.

އެގޮތުން ޕްރައިމަރީގައި ވޯޓްލެވޭ މެންބަރުންގެ ދަފްތަރު އޭގެ ކުރީ ތާރީހަކަށް ބަންދުކުރެވޭ ގޮތަށް ކަނޑައަޅާ އާންމުކޮށްފައިވާ ކަމަށާއި އެހެން އަމަލު ކުރުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދު ތަންދޭ ކަމެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ. އަލީ އާޒިމްގެ ސިޓީގައި ބުނެފައިވަނީ ޕްރައިމަރީގައި ވޯޓްލެވޭނީ ޑިސެންބަރު 11 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާ މެންބަރުންނަށް ކަމަށް ދެކޭ ކަމަށެވެ.

"ވީމާ މިހާތަނަށް މި ޕާޓީގެ ފަރާތުން އިންތިހާބަށް ހުޅުވާލައި، ކޮށްފައިވާ ހަމައެކަނި އިއުލާނަކީ 11 ޑިސެމްބަރު 2025 ގެ އިއުލާން ކަމަށްވީ ހިނދު، ޕްރައިމަރީގައި ވޯޓުލެވޭ މެމްބަރުންގެ ދަފްތަރު އޭގެ ކުރީގެ ތާރީހަކަށް ބަންދު ކުރެވޭ ގޮތަށް ކަނޑައަޅައި، އާންމު ކުރުމަކީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދު ތަންދޭ ކަމެއް ނޫނެވެ،" އަލީ އާޒިމްގެ ސިޓީގައި ވެ އެވެ.

އިތުރު މައްސަލައަކަށް އޭނާ ފާހަގަކުރެއްވީ، އިންތިޚާބުތަކާ ބެހޭ ގަވައިދާ ހިލާފަށް އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ޒިންމާކުރެވިފައިވާ ކަންކަން އިންތިހާބާ ބެހޭ ކޮމިޓީން ކުރަމުންދާ ކަމަށެވެ.

އޭގެއިތުރުން، އިންތިހާބުގެ ކަންކަން ބަލައި، ވިލަރެސްކުރުމަށް އެކުލަވާލާފައިވާ އިންތިޚާބާ ބެހޭ ކޮމިޓީގައި މަސްލަހަތު ފުށުއަރާ މެންބަރުން ތިބިކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެ ކަންކަމަކީ ވަރަށް ސީރިއަސްކޮށް ބަލައި، "އަވަސް ފަރުވާ" ބޭނުންވާ ކަންކަމުގެ ގޮތުގައި އާޒިމް ވަނީ ސިފަކުރައްވާފަ އެވެ.

އާޒިމްގެ ސިޓީގައި ދެން ފާހަގަ ކުރައްވާފައިވާގޮތުން އިންތިހާބުގެ ކަންކަން ބަލައި ވިލަރެސްކުރުމަށް އެކުލަވަލެވިފައިވާ އިންތިހާބާ ބެހޭ ކޮމިޓީގައި މަސްލަހަތު ފުށުއަރާ މެމްބަރުން ވެސް ހިމެނެ އެވެ. އެގޮތުން އޭނާގެ ވާދަވެރި ކެންޑިޑޭޓު، މިހާރު މާލޭގެ މޭޔަރު އާދަމް އާޒިމް އަށް ކެމްޕޭނު ކުރައްވަމުން ގެންދަވާ މުހައްމަދު ފަލާހަކީ ކޮމެޓީގެ މުގައްރިރު ކަމަށް ވިދާޅުވެފައިވެ އެވެ. 

އިންތިހާބާ ބެހޭ ކޮމިޓީގެ އަނެއް މެމްބަރު ޝާތިރު އަބްދުއްރަހުމާނަކީ ވެސް އާދަމް އާޒިމަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާ ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން މީގެ ކުރިން ބޭއްވި ހުރިހާ އިންތިހާބެއްގައި ވާދަކުރަައްވާ ކެންޑިޑޭޓާ މަސްލަހަތު ފުށުއަރާ ބޭފުޅަކު ކޮމިޓީގައި ހުންނަވާ ނަމަ އެ އިންތިހާބަކުން ތަނާޒުލް ވެފައި ވެ އެވެ.

އާޒިމް ޝަކުވާ ހުށަހެޅުއްވިއިރު، ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީގައި އެމްޑީޕީ ޓިކެޓަށް ވަނީ ވާދަވެރިކަން ބޮޑުވެފައެވެ. އެގޮތުން، އާޒިމް ވާދަކުރައްވާ މާލޭ ސިޓީ މޭޔަރުގެ މޭޔަރު ކަމުގެ ޓިކެޓަށް، މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ ކުރިމަތިލައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް