އެރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުމަށްޓަކައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި އެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ހެލްތް މިނިސްޓަރު، އަބްދުﷲ ނާޒިމެވެ.
ނާޒިމްގެ އަރިހުގައި އެ ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ސިއްހީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށާފައިވާއިރު، އަންނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.