ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: އެމްޑީޕީ
ބަހާލި ޕްރޮޖެކްޓްތަކުގެ 80 ޕަސަންޓު މަސައްކަތް ވެސް ނުކުރެވޭނެ: ސޯލިހު
ދާދި ފަހުން ސަރުކާރުން ހަވާލުކުރި ޕްރޮޖެކްޓުތަކުގެ ތެރެއިން 80 ޕަސަންޓު މަސައްކަތް ވެސް ނުކުރެވޭނެ، ކަމަށް، ތ. ހިރިލަންދޫގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
Advertisement

މާލިއްޔަތު ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްގެން "ބަހާލި ޕްރޮޖެކްޓުތަކުގެ" އަމަލީ މަސައްކަތް މިހާ ދުވަސް ވީއިރު ވެސް ފެށިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެފައިވާއިރު، ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އެކަށީގެންވާ ތަރައްގީގެ މަސައްކަތެއް ކުރެވިފައި ނެތް ކަމަށް ސޯލިހު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާތަނަށް ފެންނަން އޮތީ ހަމައެކަނި ދައްކާ ވާހަކަތަކެއް ކަމަށާއި، ރައްޔިތުންނަށް ފެންނަ ވަރުގެ ނަތީޖާއެއް ސަރުކާރަށް ނެރެވިފައެއް ނުވެއެވެ.

މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސް، ބޭނުން ފަރާތަކަށް އެދިގެން ޕްރޮޖެކްޓް ބަހާލި ނަމަވެސް، އޭގެ ތެރެއިން ގިނަ ކަންކަން ފެށިފައި ނެތްކަމަށް ސޯލިހު ވިދާޅުވިއެވެ. ސަރުކާރުން ބާރުތައް މުށުތެރެއަށް ލައިގެން ހަމައެކަނި ކަންކުރާ މީހަކީ ރައީސް ކަމުގައި ދެކިގެން ކުރާ މަސައްކަތުން ގައުމު ތަރައްގީ ނުވާނެ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި ކަންކަމަށް ވިސްނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް