ads
މާފަރު ކަސްޓަމްސް ހުޅުވުން
އަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި މާފަރު ކަސްޓަމްސްގެ އާ އިމާރާތް ހުޅުވައިފި
ނ. މާފަރުގައި ތަރައްގީކުރި ކަސްޓަމްސްގެ އާ އިމާރާތް ރަސްމީކޮށް ހުޅުވައި، އެތަނުން ހިދުމަތް ދޭން ފަށައިފިއެވެ.
Advertisement

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދުގައި ހަދާފައިވާ މި އިމާރާތް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ. މިއީ ސަރަހައްދީ ގޮތުން ކަސްޓަމްސްގެ ހިދުމަތްތައް އަތޮޅުތަކަށް ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުވި މުހިންމު އިމާރާތެކެވެ.

މި އިމާރާތް ހެދުމުގެ މަސައްކަތް ފިއުޗާ ހޯމް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ކަސްޓަމްސް އިން ބުނީ 6،557 އަކަފޫޓުގެ ޖާގައެއް ހިމެނޭ މި އިމާރާތަކީ 8.66 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ ތަނެއް ކަމަށެވެ. މުވައްޒަފުންނަށް ފަސޭހައިން މަސައްކަތް ކުރެވޭނެހެން ފަރުމާކޮށްފައިވާ މި އިމާރާތުގައި 20 އޮފިސަރުންގެ އޮފީސް ޖާގަ އާއި މީޓިން ރޫމެއްގެ އިތުރުން 25 އޮފިސަރުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ވަނީ ހަދައިފައެވެ.

މި އާ އޮފީހާ އެކު މާފަރު އެއާޕޯޓުން ދޭ ހިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން އަންނަ ފަސިންޖަރުންނާއި، އެ އެއާޕޯޓު މަގުން އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލާ ގުޅުންހުރި ކަންކަން ބެލެހެއްޓުމާއި ލިޔެކިޔުންތައް ނިންމުމުގެ މަސައްކަތްތައް ކުރިއަށް ވުރެ ހަލުވިކަމާ އެކު ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް