ads
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މާލޭ ފްރަންޓްލައިން ޕޮލިސް ގެ ހެޑް ސުޕްރިޓެންޑަންޓް އޮފް ޕޮލިސް އަބްދު ﷲ ރަސީދު
މިއަހަރު ދެލައްކައަށް ވުރެން ގިނަ ތަންތަން ފާސް ކުރި: ފުލުހުން
މިއަހަރު ދެލައްކައަށް ވުރެން ގިނަ ތަންތަން ފާސް ކުރެވުން ކަމަށް ފުލުހުން ބުނެފި އެވެ
Advertisement

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ މާލޭ ސަރަހައްދަކީ ރައްކާތެރި ތަނަކަށް ހެދުމަށް 280142 ތަނެއް ބަލާފައިވާ ކަމަށެވެ.

ރަޝީދު ވިދާޅުވީ އެކި އެކި ގަވާއިދުތަކާއި ގާނޫނުތަކާއި ހިލާފަވި ފަރާތަކެއް 766 ފަހަރަށް ޖޫރިމަނާކުރެވިފައިވާ ކަމަށާއި އެކި އެކި ކުށްތައް ކޮށްފައިވާ ފަރާތަށް ކުށެއް ކުރަން އުޅޭކަމަށް ސައްކުކުރެވިގެން 58544 ފަހަރު ހުއްޓުވައިގެން ސުވާލު ކުރެވިފައިވާ ކަމުގަ އެވެ. 

ރަޝީދު ފާހަގަ ކުރެއްވިގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާ ރައްޔިތުންނާއި އެކު ވަގުތު ހޭދަ ކުރުމަށް 10627 ގަޑިއިރު ފައިމަގުގައި ހާއްސަ ކުރެވިފައިވާ ސަރަހައްދުތަކުގައި އުޅެވިފައިވާ ކަމުގައި އެވެ. 

މި އަހަރުގެ ތެރޭގައި 1231 މީހަކުވެސް އެކި މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ކަމަށާއި 13445 ވެހިކަލްއެއް ހުއްޓުވާ ސުވާލުކޮށް އަދި ބަލާ ފާސް ވެސް ކުރެވިފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ. 

މިއަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި އެކިއެކި ކުށްތަކުގައި ސާމިލްވާ އެކި އެކި ފަރާތަށް ހުއްޓުވާ 2721 ފަހަރު ބަލާ ފާސްކުރެވިފައިވާ ކަމަށާއި ރާއްޖޭގައި ގަވާއިދާ ހިލާފަ އުޅޭ 56 މީހަކު މިއަހަރުގެ ތެރޭގައި އިމިގްރޭޝަަން އާއި ހަވާލުކުރެވިފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްްވި އެވެ. 

ޑިސެމްބަރު 17 ވަނަ ދުވަހުން ފެށިގެން ރޭގަނޑު ދަންވަރު ގަވައިދާ ހިލާފަ އުޅޭ 12 ބިދޭސީ އަކު ހުއްޓުވާ ސުވާލުކުރެވިފައިވާ ކަމަށާއި އަދި ގަވާއިދާ ހިލާފަ ވިޔަފާރި ކުރާ 4 ބިދޭސީއެއްގެ މައުލޫމާތުވެސް ނެގިފައިވާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައި އެވެ. 

17 ޑިސެމްބަރު މިއަދާއި ހަމަޔަށް ޖުމްލަ ދަންވަރު ބޭރުގައި އުޅުން 102 ބިދޭސީއަކާއި ސުވާލުކުރެވިފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް