ads
އެމްޓީސީސީގެ މައި އޮފީސް: އެ ކުންފުނީގެ ހިދުމަތްތަކަށް އާންމުންގެ ހިޔާލު ހޯދަން ވަނީ ހުޅުވާލާފައި -
އެމްޓީސީސީގެ ހިދުމަތްތަކުގެ ފެންވަރު ދެނެގަންނަން ސާވޭއެއް ފަށައިފި
އެމްޓީސީސީގެ ހިދުމަތްތަކާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އެ ކުންފުނިން ސާވޭއެއް ފަށައިފި އެވެ.
Advertisement

އެމްޓީސީސީން ދެމުން އަންނަ ހިދުތްތަތަކަށް ބަލާ އިރު، ރައްޔިތުންނާ އެންމެ ގުޅުން ބޮޑު ހިދުމަތަކީ ރާއްޖެ ޓްރާންޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމެތެވެ. މީގެ ދަށުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ފެރީގެ ހިދުމަތާއި އާބާދީ ބޮޑެތި ބައެއް ސަރައްދުތަކަށް ބަހުގެ ހިދުމަތް އަންނަނީ ދެމުންނެވެ.

އެމްޓީސީސީ އަކީ ރާއްޖޭގެ އުމްރާނީ ތަރައްގީއާ ގުޅޭ ގިނަ މަޝްރޫއުތައް ވެސް ހިންގަމުން އަންނަ ކުންފުންޏެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ބަނދަރުތައް ހެދުމާއި އެއާޕޯޓް ތަރައްގީ ކުރުމާއި މަގު ހެދުން ފަދަ ކަންކަން ހިމެނެ އެވެ.

އެމްޓީސީސީން ބުނީ މި ސާވޭ އަކީ އެ ކުންފުނިން މިހާރު ދެމުންދާ ހިދުމަތްތަކާ މެދު އާންމުންގެ ހިޔާލު ހޯދައި، އެ ކުންފުނީގެ ހިދުމަތްތައް މިހާރަށް ވުރެ ފުރިހަމައަށް ދިނުމުގެ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމަށް ހިންގާ ސާވޭއެއް ކަމަށެވެ.

އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ އެ ޕޯސްޓުގައި ހިމެނޭ ލިންކަށް ވަދެގެން އެ ސާވޭގައި ބައިވެރިވެވޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް