ads
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވާހަކަދައްކަވަނީ: ވިދާޅުވީ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް - ފޮޓޯ/ ރައީސް އޮފީސް
މީހުން ދިރިއުޅޭ ރަށްތަކުގައި ރަލާއި އޫރުމަސް ވިއްކުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން
ރަށްރަށަށް އަންނަ ފަތުރުވެރިން އިތުރުކޮށް ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރިސޯޓުތަކުގައި ފަތުރުވެރިންނަށް ވިއްކާ "ތަކެތި" ފަތުރުވެރިކަމުގެ ބޮޑެތި ހޮޓެލްތަކުގައި ވިއްކުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް، ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިނިސްޓަރު ތޯރިގު މިހެން ވިދާޅުވެފައިމިވަނީ ރިސޯޓްތަކުގައި ވިއްކާ ތަކެތި މީހުން ދިރިއުޅޭ ރަށްރަށުން ނުލިބުމަކީ ބޭއިންސާފެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޠާރިޤް ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ރަށްރަށުގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ހޮޓާތަކުގައި ރަލާއި އޫރުމަސް ވިއްކުން ހުއްދަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.

"އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުގައި މީހުން އުޅޭ ރަށްރަށުގައި ރަލާއި އޫރުމަސް ވިއްކުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަންތައް،" އޭނާ ވިދާޅުވި އެވެ.

ރިސޯޓްތަކުގައި ވިއްކާ ތަކެތީގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުގައި ވިއްކުން ހަމައެކަނި މަނަލީ ބަނގުރަލާއި އޫރުމަހެވެ. ނަމަވެސް ދޭތެރެއަކުން ރަށްރަށަށް އަދި ވެރިރަށް މާލެއަށް ބަނގުރާ އެތެރެކޮށް ގެންގުޅޭ މައްސަލަ ފެންމަތިވެ އެވެ. އަދި އެފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެސް ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް