ރާއްޖެ މިސްކިތްތަކުގައި އަތަރު ފުޅި ބެހެއްޓުމާއި ނަމާދަށް ފަށަކުން އަތަރު ލުން ވަނީ ވަރަށް އާއްމުކަމަކަށް ވެފައެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް މީޑިއާތަކަަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ވެސް ބަހައްޓާފައި ހުންނަތަންވެސް ފެންނަކަމަށެވެ. އަދި ނަމާދަށް އަރަމުން އަތަރު އުގުޅާތަން ފެންނަކަމަށާއި މީ ސުންނަތުގައި އޮންނަ ގޮތްވެސް ނޫންކަމަށެވެ.
މިނިސްޓަރު ވިދާޅުވަި ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއްކަމަށެވެ. އެހެންނަމަވެސް ނަމާދުގެ ކުރިން ހުވަނދު ލާން އޮންނަނީ ދެ މަގާމެއްގައިކަމަށެވެ.
ފަހަކަށް އައިސް މިސްކިތުގައި ސުތުރާ ބަހައްޓާތީ އެތަކެތި ނަގަން އަންގާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;