ads
ރަސްމާލެ ހިއްކަނީ - ފޮޓޯ:އެމްއޭސީއެލް
ރަސްމާލެ މަޝްރޫއު: ސައިޓް އޭއިން 41 ހެކްޓަރު ހިއްކައިފި
ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ އެވެ.
Advertisement

ރަސްމާލެ ހިއްކުމުގެ މަސައްކަތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ނިން،މައި އެ ތަނުން 15000 ގޯތި ދޫކުރަން އިއުލާނު ކުރާނެ ކަމަށް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެެވެ.

ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 2023 ގަ އެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ހަދާ ރަސްމާލެ އަށް 1،153 ހެކްޓަރުގެ ބިން ހިއްކާނެކަން އެ މަޝްރޫއު ފެށި އިރު ސަރުކާރުން އިއުލާނުކުރި އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. 

އަދި މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

your imageރައީސް މުއިއްޒު ރަސްމާލެ އަށް މިފަހުން ވަޑައިގެން އެ ރަށް ހިއްކުމުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވަނީ - ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން މިއަދު ބުނީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން ސައިޓް އޭއިން ހިއްކަން ހަމަޖެހިފައިވާ 137.5 ހެކްޓަރުގެ ތެރެއިން 41 ހެކްޓަރުގެ ބިން ހިއްކާ އެއްކޮށް ނިމިފައިވާކަމަށެވެ. އެއީ މުޅި މަޝްރޫއުގެ 30 އިންސައްތައިގެ ކުރިއެރުމެއްކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓާ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިގުތިސާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް