ads
ސަފާރީއެއްގައި އަލިފާން ރޯވެފައި - ފޮޓޯ: އެމްއެންޑީއެފް
ރޯވި ސަފާރީގައި ތިބި އެންމެން ސަލާމަތްކޮށް ގެންގޮސްފި
ރޯވެފައި ވަނީ "'ޔަސްވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއްގައި
މިރޭ އަލިފާން ރޯވި ވ. އަތޮޅު ކުޑައަންބަރާ ކައިރީގައި އޮތް "ޔަސާވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މި ހަދިސާ ހިނގައިގެން އެމްއެންޑިއެފްއިން ހަރަކާތްތެރިވަމުންދާކަން އެތަނުގެ މީޑިއާއިން ބުނީ، މިއަދު އިރުއޮއްސި 6:48ގަ އެވެ. ރޯވެފައި ވަނީ "ޔަސްވާ ޕްރިންސަސް" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. 

ފުލުހުން ބުނި ގޮތުގައި، ވ. އަތޮޅު ކުޑަ އަންބަރާ ދިމާލުން ތިން މޭލު ބޭރުގައި އޮތް ޔަސާވާ ޕްރިންސަސް ނަމަކަށް ކިޔާ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދުގެ ހަވީރު 5:54 ހާއިރު ލިބުމާ އެކު، ފުލުހުން އެ ސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދު އަށް ވަނީ ގެންގޮސްފަ އެވެ.

"ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.

އެމްއެންޑިއެފްއިން ހިއްސާ ކުރި ފޮޓޯއިން ފެންނަ ގޮތުގައި ސަފާރީގެ ގެގަނޑުގެ ކުރީކޮޅުގައި ވަރަށް ބޮޑަށް އަލިފާން ވަނީ ހިފާފަ އެވެ. އަލިފާން ހިނގަން މެދުވެރި ސަބަބެއް އަދި އަލިފާން ކޮންޓްރޯލްވިކަމެއް އަދި ސާފެއް ނޫނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް