ads
ބްރޯޑްކާސްޓިން ކޮމިޝަން-
މީޑިޔާތަކަށް އެހީދިނުމުގެ އުސޫލު އާންމުކޮށްފި
މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އާ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު ފުރަތަމަ އެކުލަވައިލީ ޔޫތު މިނިސްޓްރީންނެވެ. ފުރަތަމަ އުސޫލު ގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވާން ޖެހޭނެ ކަމަށް ވާއިރު އެއިރު ސާއިރު ކުރި އުސޫލުގައި މުވައްޒަފުންގެ އަދަދެއް ނުބަލަ އެވެ. 

ނަމަވެސް މިއަދު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އިއުލާނުކުރި އުސޫލުގައި މީޑިއާ ރަޖިސްޓަރީ ކޮށްގެން ހިންގާތާ މަދުވެގެން އެއްއަހަރު ވާނެ ޖެހޭނެ ކަމަށާއި އެ މީޑިޔާ މަސައްކަތް ކުރާ މުވައްޒިފުންގެ އަދަދަށް ބަލާ ޕޮއިންޓްސް އިތުރަށް ލިބިގެންދާނެ ކަމުގައި ބަޔާން ކޮށް ފައިވެ އެވެ. 

އާ އުސޫލުގައި އޮތް، ފާހަގަކޮށްލެވޭ އަނެއް ބަދަލަކީ މާލީ އެހީދޭނެ އަދަދު ކަނޑައަޅަން، މާކްސް ދިނުމުގައި ބަލާ ކަންތައްތަކެވެ. 

އެ ގޮތުން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ގިނަ ދުވަސް ވަންދެން ހިދުމަތްދެމުން ދިޔަ މީޑިޔާތަކަށް އިތުރަށް މާކްސް ލިބޭ އިރު ގިނަ މުވައްޒިފުން ގެންގުޅޭ މީޑިއާތަކަށް އިތުރު މާކްސް ލިބޭ ކަން ފާހަގަ ކޮށްލެވެ އެވެ. 

އަދި މީޑިއާ ބޭނުންކުރާ މީޑިއަމްތައް ބަލާ އިތުރު މާކްސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް މިއަދު ގެޒެޓްކުރި އިއުލާނުގައިވެ އެވެ. 

މީގެ އިތުރުން މީޑިއާ ހައުސް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ބަލައި، އެކަމަށް ވެސް މާކްސްދޭން އާ އުސޫލުގައި އެބަ އޮތެވެ. އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ކުރާ މަސައްކަތާއި ޕަބްލިކް ސާވިސް ކޮންޓެންޓުގެ ދާއިރާ ފުޅާކުރަން ކުރާ މަސައްކަަތަކީ އެގޮތުން މާކްސްދޭނެ ކަންކަމެވެ. އެ އިން ކޮންމެ މަސައްކަތަކަށް ދޭނީ ފަސް މާކްސް އެވެ.

ފައިސާގެ އެހީ ލިބޭ މީޑިއާތަކަށް ފައިސާ ދޭނީ އާ އުސޫލުގައިވާ ގޮތުން އެއްފަހަރުންނެވެ. ކުރީގެ އުސޫލުގައި އޮތީ ތިން ފަހަރެއްގެ މަތިން ފައިސާ ދޫކުރާ ގޮތަށެވެ.

މިއަދު އެ ކޮމިޝަނުން ގެޒެޓް ކުރި އިއުލާނުގައި ވަނީ މާކްސްދެވިގެންދާނެ ގޮތް ވަރަށް ތަފްސީލުކޮށް ކިޔާދީފަ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް