ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވި ގޮތުގައި، މާލޭ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައި މިދިޔަ އަންގާރަ ދުވަހު ތިބި ގުރޫޕެއްގެ ބަޔަކު ބަލައިފާސްކުރަން ފުލުހުން މަަސައްކަތްކުރީ، ފުލުހުން ފެނުމުން އެ މީހުން އުޅުނު ގޮތަށް ބަލައި، ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެންނެވެ.
މި މައްސަލައިގައި ފުލުހުން ވަނީ، ފުވައްމުލަކަށް ނިސްބަތްވާ، އުމުރުން 22 އަހަރާއި 30 އަހަރުގެ ދެ ފިރިހެނަކާއި، ގދ. ވާދުއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރެއިން 22 އަހަރުގެ މީހާ ފަސް ދުވަހަށް، 30 އަހަރުގެ މީހާ ދެ ދުވަހަށް، އަދި 19 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި އެންމެންގެވެސް ކުށުގެ ރެކޯޑު އެބައޮތް ކަމަށް، ފުލުހުން ބުންޏެވެ.