ads
ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު
ކުރީގެ އިސްފަނޑިޔާރު ޝުޖާއު އަނެއްކާވެސް ފަނޑިޔާރު ކަމަށް ކުރިމަތިލައިފި
ހައިކޯޓުގައި ހުސްވެފައި އޮތް ދެ ފަނޑިޔާރުންގެ މަގާމަށް، އެ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނު ހިމެނޭހެން 19 ފަރާތަކުން ކުރިމަތިލައިފިއެވެ.
Advertisement

ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް އިއުލާން ކުރީ، ފަނޑިޔާރު މުޙައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، ފަނޑިޔާރު މުޙައްމަދު ފައިޞަލް އިސްތިއުފާދެއްވުމާ ގުޅިގެން ދެ މަގާމް ހުސްވުމުންނެވެ. 

އެ ދެ މަގާމަށް އެދި ކުރިމަތިލުމަށް ހުށަހެޅުމުގެ މުއްދަތު މިހާރު ހަމަވެފައި އޮތްނަމަވެސް ކުރިމަތިލީ މީހުންގެ ނަންތަކެއް ޖޭއެސްސީން އަދި އިއުލާންކޮށްފައެއް ނުވެއެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާއު އުސްމާން ހިމެނޭހެން، 19 މީހަކުވަނީ ހައިކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލައިފައެވެ.

ހައިކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނަކީ، މި ފަހުން ހައިކޯޓު އަދި ސުޕްރީމް ކޯޓަށް އިއުލާން ކުރި ކޮންމެ ފަހަރަކުވެސް ކުރިމަތިލީ އެކަކެވެ. ސުލޫކީ މައްސަލަތަކެއް ސާބިތުވެ މަގާމުން ވަކިކުރަން ނިންމުމުން އިސްތިއުފާ ދިން ޝުޖާއުވަނީ މި ފަހުން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށްވެސް ކުރިމަތިލާފައެވެ.

ހައިކޯޓުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި ދަށު ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކުގެ ބައެއް ފަނޑިޔާރުންވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;