ads
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވި ފަހުން ޖެއްސި ފުރަތަމަ ކޮމާޝަލް ޖެޓު - ފޮޓޯ/ އޭވިއާ މޯލްޑިވްސް
ހަނިމާދޫ އެއާޕޯޓަށް ފުރަތަމަ ކޮމާޝަލް ޖެޓު ޖައްސައިފި
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް މިދިޔަމަހު އަލުން ހުޅުވި ފަހުން ފުރަތަމަ ކޮމާޝަލް ޖެޓެއް މިއަދު ޖައްސައިފި އެވެ.
Advertisement

މި ޖެޓު ހަނިމާދޫއަށް ޖައްސާފައިވަނީ ހެނދުނު 9:40 ގައެވެ. މީގެ ކުރިން ބައެއް ޖެޓުތައް ތެޔޮއެޅުމަށް ހަނިމާދޫއަށް ޖެއްސިނަމަވެސް މިހާތަނަށް ފަސިންޖަރުންނާއެކު ޖެޓެއް އެ އެއާޕޯޓަކަށް ޖައްސާފައެއް ނުވެ އެވެ. އެހެންނަމަވެސް މިއަދު ޖެއްސި ޖެޓަކީ ހައިޑަވޭ ބީޗް އެންޑް ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް ގެސްޓުން ގޮވައިގެން އައި ޖެޓެކެވެ. އެ ޖެޓުގައި 8 ފަތުރުވެރިން ތިބިކަމަށް ހަނިމާދޫ އެއަޕޯޓުން މަޢުލޫމާތުދެއްވަ އެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާގެ ކަލްޕަތަރު ޕްރޮޖެކްޓްސްއާ އެ އެއާޕޯޓްގެ މަސައްކަތް ހަވާލުކުރީ ސެޕްޓެމްބަރު، 2022 ގަ އެވެ.

އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ފެށި މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެ ގައުމުގެ ޖޭއެމްސީ ޕޮރޮޖެކްޓްސް އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއޫ:

  • އޭ320 އަދި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ބޭނުންކުރެވޭނެ

  • ދެ ފަންގިފިލާއަށް ހުންނަ އާ ޓާމިނަލްގެ އެންމެ ތިރީ ބުރީގައި ހުންނަނީ ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ޗެކިން ކައުންޓަރު؛ ދެވަނަ ފަންގިފިލާގައި ޑިއުޓީ ފްރީ ފިހާރަތައް

  • އާ ޓާމިނަލުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ

  • ކާގޯ ޓާމިނަލެއް ހިމެނޭ

ޒަމާނީ އެއާޕޯޓާ އެކު ހަނިމާދޫގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރެވިއްޖެ ނަމަ ފަތުރުވެރިކަމުންނާއި ވިޔަފާރިން ވެސް މަންފާ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބޮޑުތިލަދުންމަތީގެ ރައްޔިތުން އުންމީދުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް