ads
ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށްގެން "ރީޑިން ނުކް"އެއް ހަދައި ހުޅުވުން
ފޭސް 2ގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް"
ހުޅުމާލޭ ފޭސް 2 ގައި ފޮތް ކިޔުމަށް ހާއްސަކޮށް "ރީޑިން ނުކް" އެއް ގާއިމްކޮށް، މިއަދު އެތަން ހުޅުވައިފި އެވެ.
Advertisement

މިތަން ގާއިމްކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ނުވަތަ ރުއްގަނޑު 3 ސަރަޙައްދުގަ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު ބަޔާނެއްގައި ބުނީ އެ ނުކްއަކީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ މީހުން އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި، ފޮތް ކިޔޭނެ ގޮތް މަގުފަހިކުރުމަށް ހެދި ތަނެއް ކަމަށެވެ.

your imageހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށްގެން "ރީޑިން ނުކް"އެއް ހަދައި ހުޅުވުން - ފޮޓޯ: އެޗްޑީސީ

ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް އެކަށީގެންވާ ދިވެހި އަދި އިނގިރޭސި ފޮތްތައް އެތަނުން ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ރީޑިން ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މިއީ، ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށްގެންދެވުނު މުހިންމު ޕްރޮޖެކްޓެއްކަން އެޗްޑީސީން ފާހަގަކުރެ އެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެއަކީ ހިތްފަސޭހަ އަދި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ގާއިމްކުރެވިފައިވާ ތަނަކަށް ހެދުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް