ކޭޕާކް ފްލެޓް ވިއްކުމަށް، އޮޅުވާލައިގެން އެތައް ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ މަންޑޭގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުން އޮތީ މިއަދަށް ތާވަލުކޮށްފަ އެވެ.
އޭނާ އެންމެ ފަހުން އޮތް ޝަރިއަތަށްވެސް ހާޒިރުނުވުމުން، އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް އޮތީ އަމުރުކޮށްފަ އެވެ.
އެއާއެކު އޭނާ ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ ރޭ ދަންވަރުކަމަށްވަނީ މައުލޫމާތު ލިބިފައެވެ.