ފުލުހުން ހޯދަމުން ދަނީ ގދ. ވާދޫއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އިޒާމް ޒާހިރު އެވެ.
ފުލުހުންގެ ވެބްސައިޓުގައިވާ ގޮތުން 11 ޖޫން، 2024 ގައި އޭނާ ހޯދުމަށް އޭނާގެ ފޮޓޯއާ އެކު އިއުލާނުކޮށްފައިވެ އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އޭނާ ހޯދަން އިއުލާނުކޮށްފައި ވަނީ ކޯޓުގެ އަޑުއެހުމަށް ހާޒިރުވަމުން ނުދާތީ އެވެ.
ފާހަގަކުރެވޭ ގޮތުގައި، މި އަހަރުގެ ކުރީކޮޅު ވެސް އޭނާ ހޯދަން ފުލުހުން އިއުލާނުކުރި އެވެ. އެކަމަކު، އޭނާ ހޯދިފައެއް ނުވެއެވެ. އޭގެކުރިން ވެސް އެކި ފަހަރު މަތިން އިއުލާނުކޮށްފައި އެބަ ހުއްޓެވެ.
މީހުން ކޯޓަށް ހާޒިރުކުރުމަށް ދޭތެރެއަކުން ފުލުހުން އިއުލާނު ކުރެ އެވެ. އެ ގޮތަށް ކުރާ މަސައްކަތް ފުލުހުންނަށް ކާމިޔާބު ނުވެއްޖެނަމަ، އާންމުންގެ އެހީތެރިކަމަށް ވެސް ފުލުހުން އެދިފައި އެބަ ހުއްޓެވެ.