ads
އަރުޝަދު ހާލިދު
ޑްރަގުގެ ބޮޑެއް، ވައްކަމުގެ މައްސަލައެއްގައި ޖަލަށް
ޑްރަގުގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ މައްޗަށް ކުރިން ސާބިތުނުވި ވައްކަމުގެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި އޭނާ ޖަލަށްލާން ހުކުމްކޮށްފިއެވެ.
Advertisement

ޑްރަގުގެ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދުގެ މައްޗަށް ވައްކަން ކުރަން އުޅުމުގެ މައްސަލައެއް ސާބިތުވެ ޖަލަށް ހުކުމްކޮށްފިއެވެ.

އަރުޝަދުގެ މައްޗަށް ވައްކަން ކުރަން އުޅުމުގެ މައްސަލައެއް ސާބިތުވީ، 2016 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ގ. ނިޔުޝާރާޒުގޭގެ ދެވަނަ ފަންގިފިލާގައި ހުންނަ ވިއު ކޮންސްޓްރަކްޝަންސް އޮފީސް ފަޅާލައި އެތަނުގައި ހުރި ދެ ތިޖޫރީ އަކަށާއި އެނޫންވެސް ބައެއް ތަކެއްޗަށް ގެއްލުންދީ ވައްކަންކުރި މައްސަލައިގައެވެ. 

އެ މައްސަލައިގައި ކުރިން އޮތީ ކުށް ސާބިތުނުވާ ކަމަށްވެސް ކަނޑައަޅައިފައެވެ. އެކަމަކު ދައުލަތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުންވަނީ އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް އަންގާފައެވެ. ސާބިތުވީ އަލުން މައްސަލަ ބެލުމުންނެވެ.

އަރުޝަދަކީ ފުޅާދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތު އޮންނަ މީހެކެވެ. ފުލުހުން 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހު މާލޭގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލާގައި ފުލުހުން ވަނީ އަރުޝަދުގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރިކުރާ ކަމުގެ ތުހުމަތުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް