ads
ޕޮލިސް
ފުލުހެއްގެ ކަރުގައި ހިފި މީހަކު ހައްޔަރުކޮށްފި
ފުލުހުންތަކަކަށް އިންޒާރުދީ ފުލުހެއްގެ ކަރުގައި ހިފި މީހަކު ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ މައްސަލައިގައި ހައްޔަރުކުރީ އަލީ ޝަހީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާ 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ.

ބަންދު އަމުރގައިވާ ގޮތުން ސީނަށް ދިޔަ ފުލުހުންގެ ރިޕޯޓަށް ބަލާއިރު ޝަހީމް ފުލުހުންނާ ކުރިމަތިލައި ފުލުހުންނަށް އިންޒާރުދީ ފުލުހެއްގެ ކަރުގައި ހިފާފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި އެކަމުގެ ހެކި ވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ.

ޝަހީމު ބަންދުކުރީ މުޖުތަމައުގެ ސުލްހަ މަސަލަސްކަން ބަލަހައްޓަން ތިބޭ ފުލުހުންނާ ކުރިމަތިލައި އެ މީހުންނަށް އިންޒާރުދީ މާރާމާރީ ހިންގުމަކީ އެކަމުގެ ސަބަބުން މުޖުތަމައުގެ އާންމު މަސްލަހަތު އެކަމުގައި ގެއްލޭނެ ކަމަކަށްވާތީ ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.

ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވާއިރު މީނާއަކީ ހައްޔަރު އަދި ބަންދު ރެކޯޑް އޮތް މީހެކެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް