ads
މަސްމާރުކޭޓު ސަރަހައްދު: ފޮޓޯ ދައުލަތުގެ މީޑިއާ
އެމްއެމްއޭ ކުރިމަތީގައި އުޅަނދުތައް ބޭއްވޭނީ 10 ދުވަހަށް: އެމްޕީއެލް
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާތީ، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް އެމްއެމްއޭ ކުރިމައްޗަށް ބަދަލުކޮށްފައިވާއިރު، އެ ތަނުގައި އުޅަނދުތައް ބޭއްވޭނީ ގިނަވެގެން 10 ދުވަހުގެ މުއްދަތަކަށް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
Advertisement

މި ބަދަލާ ގުޅޭގޮތުން މައުލޫމާތު ދެމުން އެމްޕީއެލް އިން ބުނީ، މަގު ހެދުމުގެ މަސައްކަތަށް "އޭ ޒޯން" ހުސްކުރުމުގެ ގޮތުން އެ ސަރަހައްދުގައި އޮތް މުދާ އުފުލާ އުޅަނދުތައް އެއް ނަންބަރު ޖެޓީ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށެވެ. 

ކުރިން އެ އުޅަނދުތަކުން 50 ލާރީގެ ފީއެއް ނެގި ނަމަވެސް، މި ވަގުތީ ބަދަލާއެކު އެ ސަރަހައްދުގައި އުޅަނދުތައް ބާއްވަން އެއްވެސް ފީއެއް ނުނަގާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، އެއްފަހަރާ ތޮއްޓާ ކައިރިކޮށްފައި ބޭއްވޭނީ 10 ދުވަހަށް ކަމަށާއި، އެ މުއްދަތު ހަމަވުމުން އުޅަނދު ދުރުކުރަން ޖެހޭނެއެވެ. އަލުން ކައިރިކުރެވޭނީ ކިއު ތަރުތީބުންނެވެ.

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ 250 މީޓަރުގައި ތާރު އަޅައި، މަގުގެ އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން މި މަސައްކަތް އެއްކޮށް ނިންމާލުމެވެ. މިކަމަށް އާންމުންނާއި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް