ads
"ދި މޯލްޑިވްސް ފައިންޑާ 2026" މަޖައްލާގެ މީޑިއާ ކިޓް ތައާރަފް ކުރުން - ފޮޓޯ: މަޓާޓޯ
މަޓާޓޯ އިން ދި މޯލްޑިވްސް ފައިންޑާ މަޖައްލާގެ މީޑިއާ ކިޓް ތައާރަފްކޮށްފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން، 2026 އަހަރުގެ "ދި މޯލްޑިވްސް ފައިންޑާ" މަޖައްލާގެ މީޑިއާ ކިޓް ތައާރަފް ކޮށްފި އެވެ.
Advertisement

މި މަޖައްލާއަކީ ޓޫރިޒަމްގެ ވިޔަފާރި ފުޅާކޮށް ދުނިޔޭގެ އިތުރު މާކެޓްތަކަށް އިޝްތިހާރުވެ، އެ ވިޔަފާރިތަކާއި ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިކުރުމަށް ވަރަށް އަގުހުރި މަޖައްލާ އެކެވެ. 

މި މަޖައްލާގެ ފުރަތަމަ މީޑިއާ ކިޓް ތައާރަފްކޮށް ހުޅުވައި ދެއްވީ އެސްއެމްއީ ޑިޖިޓަލްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން އެވެ.

މި މަޖައްލާއަކީ އަހަރަކު އެއްފަހަރު ޕްރިންޓްކޮށް އަދި ޑިޖިޓަލް ކޮށް ނެރެން ހަމަޖެހިފައިވާ މަޖައްލާ އެކެވެ. އަދި "ދި މޯލްޑިވްސް ފައިންޑާ 2026" އަކީ މަޓާޓޯގެ ރަސްމީ ފަތުރުވެރިކަމުގެ މަޖައްލާވެސް މެއެވެ. 

މި މަޖައްލާގެ މައިގަނޑު މަގްސަދަކީ މަޓާޓޯގެ މެމްބަރުން އިސްތިހާރު ކުރުމާއި، މި ސިނާއަތުގައި މަސައްކަތް ކުރަމުން ގެންދަވާ ދިވެހި ވިޔަފާރިތައް ކަމާ ގުޅުންހުރި ބޭރުގެ ޓުއާ އޮޕަރޭޓާރސް، ޓްރެވެލް އެޖެންޓްސް، އެއާލައިންސް، އިންވެސްޓަރުން އަދި، ކަމުގެ ގޮތްނިންމޭފަދަ ބޭފުޅުންނާއި ގުޅުވައިދިނުމެވެ  

"ދި މޯލްޑިވްސް ފައިންޑަރ 2026" ބައިނަލްއަގްވާމީ ފެންވަރުގައި ރަސްމީކޮށް އިފްތިތާހުކުރާނީ އައި.ޓީ.ބީ. ބާލިން 2026 ގައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ފެނިގެންދިއުމާއި، ބައިނަލްއަގްވާމީ ޓްރެވަލް ޓްރޭޑްގެ ބައިވެރިންނާ ގުޅުން ބަދަހިކުރުމަށް ކަށަވަރުކޮށްދޭނެ ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް