ads
ފުލުހަކު މަގުމަތީގައި
މިއަހަރު މިހާތަނަށް 2600 އަށް ވުރެން ގިނަ ކުޑަކުދިން ހުއްޓުވާ ސުވާލުކުރެވުން: ފުލުހުން
މިއަހަރު މިހާތަނަށް 2600 އަށް ވުރެން ގިނަ ކުޑަކުދިން ހުއްޓުވާ ސުވާލުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެމުން ފުލުހުން ބުނީ މި އަހަރުގެ މިހާތަނަށް 2679 ކުޑަކުދިން ހޮޓް ސްޕޮޓް ތަކުން ހުއްޓުވާ ސުވާލުކުރެވިފައިވާ ކަމުގައި އެވެ. 

އަދި އެ ގޮތަށް ހުއްޓުވޭ ކުދިންގެ ސަލާމަތަށް ޓަކާއި އެ ކުދިން އެތަންތަނުން އެކަހެރި ކޮށް މާލޭގައި ނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި އަދި ހުޅުމާލޭގައި ނަމަ ހުޅުމާލޭ ޕޮލިސް ސްޓޭޝަން އާއި ހަވާލު ކުރެވޭ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

"އެކުދިން އެތަން ތަނަށް ގެންދިޔުމަށް ފަހު އެ ކުދިންގެ ބެލެނިވެރިންގެ މައުލޫމާތު ހޯދުމަށް ފަހު ބެލެނިވެރިން ޕޮލިސް ސްޓޭޝަންތަކަށް ހާޒިރުކޮށް އެ ބެލެނިވެރިންނައް އެކަންކަމާއި ބެހޭ ގޮތުން ދޭން ޖެހޭ މައުލޫމާތުތައް ދެންވިގެން ދިނުމަށް ފަހު އެ ކުދިން ބެލެނިވެރިންނާއި ހަވާލު ކުރެވިގެންދޭ" ފުލުހުން ބުނި އެވެ. 

ފުލުހުން ބުނީ މިހާރަކަށް އައިސް ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކުޑަކުދިން މި ކަހަލަ ތަންތަނުން މި ދުވަސް ކޮޅު ފެންނަ ކަމަށާއި ބެލެނިވެރިންވެސް ކުޑަ ކުދިން ވަގުތު ހޭދަ ކުރަނީ ކޮންބަޔަކާއި ތޯ އެކީ ބަލާ އެ ކުދިންނައް ނަސީހަތް ދޭން  ޖެހޭ ކަމުގައި އެވެ. 

މި ފަދަ ކަންކަމަށް ބެލެނިވެރިން ސަމާލުކަން ނުދޭ ނަމަ ހިތާމަވެރި ހާދިސާއެއް ހިނގުން އެކަށީގެންވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް