އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ ރޯދަ މަހަށް ހާފިޒުން ގެނައުމަށް ވިސާއަށް އެދުމުގެ ފުރުސަތު ހުޅުވާލައި ނެރުނު ބަޔާނެއްގައެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ހާފިޒުންނާ އެކު އާއިލާގެ މެންބަރަކު ރާއްޖެ ގެންނަ ނަމަ، ދަތުރު ފެށުމުގެ ކުރިން "އިމުގާ" ޕޯޓަލް މެދުވެރިކޮށް ސްޕޮންސަރޝިޕް ޑެކްލަރޭޝަން ހުށަހަޅައި ހުއްދަ ހޯދަން ޖެހޭނެއެވެ. މިގޮތަށް ހުއްދަ ހޯދައިގެން އަންނަ އާއިލާ މެންބަރުންނަށް ރާއްޖެ އެތެރެވުމުން ޓޫރިސްޓް ވިސާ ލިބޭނެއެވެ. މީގެ އިތުރުން ހާފިޒުންނަށް ހާއްސަކޮށްގެން ފީއަކާ ނުލައި 45 ދުވަހުގެ ސްޕެޝަލް ވިސާއެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހާފިޒުން ގެނައުމަށް ވިސާއަށް އެދެވޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކަށެވެ. ވިސާއަށް އެދޭއިރު ހާފިޒުގެ ޕާސްޕޯޓު ޑޭޓާ ޕޭޖާއި ފޮޓޯ އަދި ޕާމިޓް ހުށަހަޅަން ޖެހެއެވެ. އިމިގްރޭޝަނުން ވަނީ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ހާފިޒުންނާއި އެ މީހުންގެ އާއިލާތައް ފުރުވާލުމުގެ އިންތިޒާމު ހަމަޖެއްސުމަށް އެ ފަރާތްތައް ގެންނަ ސްޕޮންސަރުންނަށް އިލްތިމާސްކޮށްފައެވެ.