ads
ޒަކާތު ހައުސް އިން މީރާއާ އެކު ޒަކާތް ބަލައިގަތުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަކާތު ގާނޫނާއެކު މުދަލު ޒަކާތް ބަލައިގަތުން މީރާއަށް
ޒަކާތުގެ ގާނޫނާއެކު މުދަލު ޒަކަތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރީޓީއަށް ހަވާލުކޮށްފި އެވެ.
Advertisement

އެ އެއްބަސްވުމުގައި ސޮއިިކުރީ އިސްލާމިކް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޒަކާތު ހައުސްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު އެވެ.

ޒަކާތުގެ ފުރަތަމަ ގާނޫނު ރައީސް ތަސްދީގު ކުރެއްވީ މިމަހުގެ 6 ވަނަ ދުވަހުގަ އެވެ. ޒަކާތުގެ ގާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުސަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގާނޫނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް