ads
ނިމާލް
މަސްހޫރު ޑައިރެކްޓަރު ނިމާލްއަށް ސްޓްރޯކެއް ޖެހިއްގެން އައިސީޔޫގައި ފަރުވާދެނީ
މަޝްހޫރު ދިވެހި ފިލްމު ޑިރެކްޓަރު އަހުމަދު ނިމާލަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ރޭ ފަރުވާދޭން ފަށައިފި އެވެ.
Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިމާލަށް ސްޓްރޯކެއް ޖެހުނީ މާލޭގައި ސައިކަލު ދުއްވާފައި ދަނިކޮށެވެ. އަދި އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. ސްޓްރޯކް ޖެހުމާއެކު ސައިކަލު މަޑުކުރި ވަގުތު ބިންމައްޗަށް ވެއްޓުނުކަން އެނގިފައިވެ އެވެ. 

އުމުރުން 62 އަހަރުގެ ނިމާލް ފިލްމީ ދާއިރާއެއް ނުކުމެފައިވަނީ އީސާ ޝަރީފްގެ "ނުފޫޒު" ފިލްމުންނެވެ. 

ނިމާލް އަކީ އާންމުންގެ ތެރޭގައި ވަރަށް މަސްހޫރު ގިނަ ފިލްމުތަކެއް ކުޅެ އަދި ޑައިރެކްޓް ކޮށްފައިވާ މީހެއްކަން ފާހަގަ ކޮށްލެވެ އެވެ. 

ނިމާލްގެ ބައެއް ފިލްމުތަކަށް ބަލާ އިރު ޔޫސުފް، ޒަލްޒަލާ އަދި ނިއުމާ ފަދަ ތަފާތު މޮޅު ފިލްމުތައް ހިމެނެ އެވެ. 

އޭނާ ވަނީ ތަފާތު އެކި ކެރެކްޓާސް ކުޅެން މޮޅު މީހެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަގުބޫލު ވެފައި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް