ads
އަލިފާން އަދި އަލްވަދާއުގެ ޕޯސްޓަރު
ޑާކްރެއިން އިން އާއަހަރާ ދިމާކޮށް އަލިފާން އަދި އަލްވަދާއުގެ ބެލުންތެރިންނައް ހަދިޔާއެއް
ޑާކް ރެއިން އިން އާއަހަރާ ދިމާކޮށް އަލިފާން އަދި އަލްވަދާއުގެ ބެލުންތެރިންނައް ވަރަށް ހާއްސަ ހަދިޔާއެއް ދޫކޮށްލައިފި އެވެ.
Advertisement

ޑާކްރެއިން އިން މި ޖެނުވަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހާއި ހަމަޔަށް އަޅުވަން ނިންމާފައިވާ އަލިފާން އަދި އަލްވަދާއު ޓިކެޓް މިއަދު ގަންނަ ފަރާތަކަށް ހާއްސަ ހަދިޔާ އެއް ލިބޭނެ ކަމަށް އެ ޕްރޮޑަކްޝަނުން ބުނެ އެވެ. 

އެ ހަދިޔާ އަކީ މިއަދު ހެދުނު 10:00 އިން ފެށިގެން ރޭގަނޑު 10:00 އާއި ދޭތެރޭ މި ދެ ފިލްމަށް ޓިކެޓް ނަގާ ފަރާތަކަށް ޓިކެޓް އެންމެ 100 ރުފިޔާ އަށް ވިއްކަން ނިންމާފައި ވުން ކަމަށް އެ ޕްރޮޑަކްޝަނުން ބުނެ އެވެ. 

ޑާކް ރެއިންގެ އެންމެ ފަހުގެ ދެ ފިލްމު ކަމުގައިވާ އަލްވަދާއު އަދި އަލިފާން ވެގެން ގޮސްފައިވަނީ އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔަ ފިލްމުތަކަކަށެވެ. 

އެހެން ކަމުން އެ ޕްރޮޑަކްޝަނުން ވަނީ އަނެއްކާވެސް އެ ދެ ފިލްމު އޮލިމްޕަހަށް ނެރެން ނިންމާފައި އެވެ. 

އެ ގޮތުން އަލިފާން ޖެނުވަރީ ފަސް ވަނަ ދުވަހު އަޅުވަން ނިންމާފައިވާ އިރު އަލްވަދާއު އަޅުވާނީ ޖެނުވަރީ 2،3،4،6 ހަތަރު ދުވަހު ކަމުގައި އެވެ. 

އަލިފާން، މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ކުލަދާނަ އެކްޓަރު ރަވީ ފާރޫގާއި، ތަޖްރިބާކާރު އެކްޓްރެސް ޝީލާ ނަޖީބް ހިމެނެއެވެ. މީގެ އިތުރުންމިހާރު ދިވެހި ސިނަމާގައި އެންމެ ވިދުންގަދަކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ޝަރަފް ހިމެނެއެވެ. މީގެ އިތުރުން މި ފިލްމުގައި ޖޭމް އައްލޯ އާއި އާދަމް ރިޒްވީ، މައިހާ އާދަމް، އާއިމިނަތް ސުހާ، މޫސާ އަލީފް، މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު ހާޒިފް ހިމެނެ އެވެ. 

އާއިޝަތު ފުއާދު އަދި މޮގަރ ޕްރޮޑިއުސްކުރާ ފިލްމްގެ ވާހަކަ ލިޔުނީ، އަހުމަދު ތޮލާލް އެވެ. އެޑިޓް އަދި ޑައިރެކްޓަރަކީ ރަވީ ފާރޫގްގެ އިތުރުން އަލީ ޝިފާއުއެވެ. މި ފިލްމްގެ މަންޒަރުތައް ފުރިހަމަ ވުމުގައި ރިއާލިޓީ ޕްރޮޑިއުސަރެއްކަމަށްވާ ވިޝާލް ޒަކީގެ އިތުރުން އަހުމަދު ޒިފާފްގެ މަސައްކަތް ފާހަގަކޮށްލެވޭއިރު، މޭކަޕް އާޓިސްޓަކީ ހަސަން އާދަމް އެވެ. މި ފިލްމަކީ ދިވެހި މުޖްތަމައުގައި ހިންގާ ނޭދެވޭ ކަންކަމަށް ބިނާކޮށް ހަދާފައިވާ ތަފާތު މޮޅު ފިލްމެއް ކަން ފާހަގަ ކޮށްލެވެ އެެވެ. 

އަލްވަދާއު ފިލްމުގެ މުހިންމު ކާސްޓުންގެ ތެރޭގައި މަޖޫގެ އިތުރުން ޝަރަފް އަބްދުﷲ، ޝީލާ ނަޖީބު އަދި މުހައްމަދު (ދަރާ) ރަޝީދު ހިމެނެ އެވެ. "އަލްވަދާއު" ޑައިރެކްޓްކޮށްފައިވަނީ އަލީ ޝަފީއު (ޗިއްޕެ) އެވެ. މި ފިލްމު ބަލާފައި އޮލިމްޕަހުން ނިކުތް ގިނަ މީހުން ބުނަމުން ދިޔައީ މިއީ ވަރަށް އަސަރުގަދަ އަދި ބެލުން ތެރިން ރޮއްވާލާ ފަދަ މޮޅު ފިލްމެ ކަމުގައި އެވެ. މި ފިލްމު ލިޔެފައިވަނީ ޝަހުދާ މަހުމޫދު (ޝަހޫ)އެވެ. 

ޓިކެޓް ގަތުމަށް ގުޅަން ޖެހޭ ނަންބަރަކީ 9911229 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް