ހޯމް މިނިސްޓްރީން މިއަދު ވަނީ އެ ތަކެތި މި މަސް ނިމުމުގެ ކުރިން ހުށަނާޅާ ނަމަ އެ ސައިޓުތަކުގެ ހުއްދަ ސަސްޕެންޑު ކުރަން ނިންމާފައި އެވެ.
ހޯމް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން ވޯކް ސައިޓު ރަޖިސްޓަރީ ކޮށްދޭނީ ނޮޓަރައިޒް ކޮށްފައިވާ "ވޯކް ސައިޓު ޑިކްލަރޭޝަން ފޯމު" އާއި އިގުރާރު ހުށަހެޅުމުން ކަމަށެވެ.
އެ ފޯމާއި އިގުރާރު ވެސް އެކްސްޕެޓް ސިސްޓަމުން ލިބޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައި އެވެ.
ހޯމް މިނިސްޓްރީން މިއަދުން ފެށިގެން ހަމަޖައްސާފައިވާ ގޮތުން ވޯކް ސައިޓު ރަޖިސްޓަރީ ކުރަނީ ކުއްޔަށް ހިފާ ތަނެއްގައި ނަމަ ވަޒީފާދޭ ފަރާތާއި އިމާރާތް ނުވަތަ ބިމުގެ ވެރިފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީ އާއި އެހެނިހެން ލިޔުންތައް ހުށަހަޅަން އެންގުމުގެ އިހުތިޔާރު އެ މިނިސްޓްރީ އަށް ލިބޭނެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ވަނީ ދާއިމީ ކޯޓާ ދޫކޮށްފައިވާ ބިދޭސީންގެ ވޯކް ސައިޓު ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގެ މައުލޫމާތު އަޕްޑޭޓުކޮށް، މި މަަސް ނިމުމުގެ ކުރިން ހުށަހަޅަން އަންގައިފަ އެވެ.
އޭގެ ތެރޭގައި ވޯކް ސައިޓު ޑިކްލަރޭޝަން ފޯމާއި އިގުރާރު ހިމެނެ އެވެ.