ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން ހޯދަމުންދަނީ ފ.ބިލެއްދޫ އަށް ނިސްބަތްވާ ދެ މީހުންނެވެ.
ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ ދެ މީހުންނަކީ ފ. ބިލެތްދޫ / ނޫބަހާރުގެ އުމުރުން 25 އަހަރުގެ ތަހުމީން ތައުފީގު އާއި، ފ. ބިލެތްދޫ / ނޫބަހާރުގެ އުމުރުން 27 އަހަރުގެ ރައްޔާން މަންސޫރެވެ.
ރައްޔާން މަންސޫރު ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށެވެ.
ތަހުމީން ތައުފީގުގެ މައްޗަށްވެސް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައާއި ގުޅިގެން ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ އެވެ.
މި ދެ މީހުންނަކީވެސް ބިލެއްދޫ އަށް ނިސްބަތްވާ އެއް ގެއެއްގެ ދެމީހުން ނެވެ.