ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ކޮންމެ ނިންމުމެއްވެސް ނިންމަވާނީ އެންމެން ޝާމިލުވާ ގޮތަށް: ރައީސް
ސަރުކާރުގެ ކޮންމެ ނިންމުމެއްވެސް ނިންމަވާނީ އެންމެން ޝާމިލުވާ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ބްރެއިލް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދީ، އަމިއްލަ ފައިމައްޗަށް ތެދުވުމަށާއި އިންސާނީ ކަރާމާތް ހޯދައިދިނުމުގައި ބްރެއިލް އަދާކުރާ މުހިންމު ރޯލެއް ކަމަށެވެ.

ހަގީގީ މާނައިގައި އެންމެން ބައިވެރިކުރާ މުޖުތަމައަކީ، އެއްވެސް ހުރަހެއް ނެތި މައުލޫމާތާއި ފުރުސަތުތަކުގެ ބޭނުން އެންމެހާ ފަރާތްތަކަށް ހަމަހަމަކަމާއެކު ހިފޭނެ މަގު ތަނަވަސްވެފައިވާ މުޖުތަމައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދަކީ، ދިވެހިރާއްޖޭގެ ސިޔާސަތުތަކަކީ އޯގާތެރިކަމުގެ މައްޗަށް ބިނާވެފައިވާ، އަދި ކޮންމެ ނިންމުމެއްގައިވވެސް އެންމެންގެ ބައިވެރިވުން ހިމެނޭނެފަދަ ނިޒާމެއް ބިނާކުރުމުގެ އަޒުމް އާކުރާ ދުވަހެއް،" ރައީސް ވިދާޅުވި އެވެ.

އެންމެން ޝާމިލުވާ މުޖުތަމައެއް ބިނާކުރުމަށްޓަކައި ސަރުކާރާއި، ރާއްޖޭގެ މުއައްސަސާތަކުން މިހާރުވެސް ދަނީ ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ އެކި ފަރާތްތަކަށް އަބުރުވެރިކަމާއެކު ދިރިއުޅެވޭނެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން އެކި ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ދަނީ ވަޒީފާގެ ފުރުސަތުތައް ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް