ads
އެމްއެމްއޭ
އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު 17 ޕަސެންޓަށް އިތުރުވެއްޖެ: އެމްްއެމްއޭ
އިގްތިސާދުގައި ދައުރުވާ ފައިސާގެ އަދަދު 17 ޕަސެންޓަށް އިތުރުވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ
Advertisement

އިއްޔެ އެމްއެމްއޭ އިން ނެރުން ކުއާޓާލީ ރިޕޯޓުގައި ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިގްދިސާދުގައި ދައުރުވި ފައިސާގެ އަދަދު 66.3 ބިލިއަން އަށް އަރާނެ ކަމުގަ އެވެ. 

"ދައުރުވާ ފައިސާ އިތުރުވެފައިވަނީ ނެޓް ޑޮމެސްޓިކް އެސެޓާއި ނެޓް ފޮރިން އެސެޓު ވެސް އިތުރުވުމުގެ ސަބަބުން. ނެޓް ޑޮމެސްޓިކް އެސެޓު އިތުރުވެފައިވަނީ 11 ޕަސެންޓަށް" އެމްއެމްއޭ އިން އާންމުކުރި ރިޕޯޓުގައިވެ އެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނެޓް ޑޮމެސްޓިކް އެސެޓް އިތުރުވީ ސަރުކާރުގެ ޓީބިލްގައި އިންވެސްޓްކުރި އަދަދު 22 ޕަސެންޓަށް އިތުރުވުމާއި ޕްރައިވެޓް ސެކްޓަރަށް ލޯނުގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު ހަ ޕަސެންޓަށް އިތުރުވުމުން ކަމުގައި އެވެ. 

އެ ހިސާބުތަކުގައި ފާހަގަ ކޮށްފައިވާ ގޮތުން އިގްތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ 2020 ވަނަ އަހަރުން ފެށިގެން 178 ޕަސެންޓަށް އިތުރުވެފައި ވާކމަުގައި އެވެ. 

ބޭންކުތަކުން ޓީބިލާއި ޓީބޮންޑުގެ ގޮތުގައި އިންވެސްޓް ކުރުމާއި ރުފިޔާއިން ދޫކުރާ ލޯނު އިތުރުވުމުގެ ސަބަބުން ދައުރުވާ ފައިސާ އިތުރުވަމުންދާ އިރު 2024 ވަނަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 59.1 ބިލިއަން ރުފިޔާއަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް