ads
ކޮންޓެކްޓް ޓްރޭސިންއަށް ބޭނުންކުރާ އެޕެއް މީހަކު ދައްކާލަނީ--
ކޮންޓެކްޓް ޓްރޭސިންއަށް ގައުމުތަކުން ބޭނުންކުރާ އެޕްތަކުން ޕްރައިވެސީގެ މައްސަލަ
ކޮވިޑް-19އާ ދެކޮޅަށް ދުނިޔޭގެ ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ބަލިމީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ފަސޭހައަކަށްޓަކައި އުފައްދާ ބޭނުންކުރަމުންގެންދާ އެޕްތަކުގެ ސަބަބުން، އެގައުމުތަކުގެ ރައްޔިތުންގެ ޕްރައިވެސީ (ޒާތީ މައުލޫމާތާއި ކަންކަން)ގެ މައްސަލަތައް ފެންމަތިވާން ފަށައިފިއެވެ.

ހޮންކޮންގްގައި ބޭނުންކުރާ އެޕާ ގުޅޭ ގޮތުން ހޮންކޮންގް ޔުނިވާސިޓީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވެފައިވާ ގޮތުގައި އެގައުމުގައި ބޭނުންކުރާ އެޕުގެ އެހީގައި އެޕް ބޭނުންކުރާ މީހުންގެ ފޯނުގައި ހުންނަ މެސެޖްތަކާއި ފޮޓޯތަކާއި ވަޓްސްއަޕް ފަދަ އެޕްލިކޭޝަންތަކުގެ މުއާމަލާތްތަކަށްވެސް ވާސިލްވެވޭނެއެވެ.

ދެކުނު ކޮރެއާގައި ކޮންޓެކްޓް ޓްރޭސިން އެޕް ބޭނުންކުރުން އެގައުމުން ވަނީ މަޖުބޫރުކޮށްފައެވެ. އެހެންކަމުން އެގައުމަށް އެތެރެވުމުގެ ކުރިން، އެހެން ގައުމުތަކުގެ މީހުންވެސް އެ އެޕް ޑައުންލޯޑްކޮށް، އިމިގްރޭޝަން ކައުންޓަރުން ވެރިފައިކުރަން ޖެހެއެވެ. އެހެން ނޫން ނަމަ އެ މީހަކަށް އެގައުމަށް އެތެރެވުން ސަރުކާރުން ހަރުކަށި ކަމާއެކު ވަނީ މަނާކޮށްފައެވެ.

ހުޅަނގުގެ ގައުމުތަކާއި ޗައިނާއިންވެސް މިފަދަ އެޕްތައް ބޭނުންކުރަމުން ގެބަ ގެންދެއެވެ. މިއިން ކޮންމެ އެޕަކުންވެސް މައިސަރުކާރުތަކަށް، "ޕްރައިވެސީގެ އެޑްވާންޓޭޖް ނަގާ، ރައްޔިތުންގެ ޒާތީ މައުލޫމާތާއި ޒާތީ ކަންކަން ރައްކާތެރިކުރުމުގެ ހައްގަށް ގެއްލިގެން ދިއުމުގެ ތަނަވަސް ފުރުސަތު އެބައޮތް" ކަމަށް ދުނިޔޭގެ ތަޖުރިބާކާރުންނާ ހަވާލާދީ އަލްޖަޒީރާއިން މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައޮ ކޮވިޑް-19އަށްފަހު، ޕްރައިވެސީއަށް އަރައިގަތުމުގެ މައްސަލަތަކުގެ ގޮންޖެހުންތަކާ ގައުމުތަކުގެ ސަރުކާރުތަކަށް ކުރިމަތިލާން ޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް