ads
ރަސްމާލެ: ސައިޓް އޭގެ 56 ހެކްޓަރު ބިން ހިއްކައިފި
ރަސްމާލެ: ސައިޓް އޭގެ 56 ހެކްޓަރު ބިން ހިއްކައިފި
ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ރަސްމާލެ ސައިޓް އޭ އިން 56 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
Advertisement

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއިން މިހާރު ލީޑު ކުރަމުންދާ މިމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން "ސައިޓް އޭ"އިން މިހާތަނަށް 56 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ. 

ސައިޓް އޭގެ މަސައްކަތް ފެށީ، މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިމުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެސައިޓުން ދޮޅު ހެކްޓަރުގެ ބިން ހިއްކައެވެ.

ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރުމަށް 1,009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15،000 ގޯއްޗަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. ރަސްމާލެ ހިއްކުމަށްފަހު އެތަނުން ގޯތި ދޫކޮށް ފްލެޓް އިމާރާތް ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.

ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ރަސްމާލެ މާސްޓާ ޕްލޭންގެ ދަށުން ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި އަދި އިގުތިސާދީ ގިނަ މަސައްކަތްތަކެއްގެ މަސައްކަތް ފެށިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް