ads
ވަގުތީ ޗެއާޕާސަން ގަފޫރު އާއި އެމްޑީޕީގެ ލީޑާޝިޕް ބައެއް ބޭފުޅުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދެ އިންތިހާބު އެއްފަހަރާ ބާއްވަން އެމްޑީޕީން ދެކޮޅު: ގަފޫރު
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ތާއީދު ނުކުރާ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުގެ ފަރާތުން މިއަދު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މަޖިލީހުގެ ތަޅުމަށް ބިލެއް ހުށަހަޅާފަ އެވެ.

އެ އިސްލާހު މިއަދު ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވައި ވަނީ ބަހުސް ވެސް ފަށައިފަ އެވެ.

އެ ބިލަށް ބަހުސްކުރައްވަމުން އަބްދުލްގަފޫރު ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމުގެ މަސައްކަތް ކުރަން ވާނީ ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ކުރުމަށް ފަހު ކަމަށެވެ.

ގަފޫރު ވިދާޅުވި ގޮތުގައި އެކަމާ އޭނާ ދެކޮލަށް ވާހަކަ ދައްކަނީ ރަނގަޅަށް ދިރާސާނުކޮށް، އަވަސް އަރުވާލައިގެން އެކަން ކުރަން އުޅޭތީ އެވެ. އަދި މިކަމުގައި ސަރުކާރުގެ އެހެން އެންޑާއެއް އޮތް ކަމަށް އޭނާ ތުހުމަތު ކުރެެއްވި އެވެ.

"މިކަން ކުރަންޏާ [ދެ އިންތިހާބު އެއްކޮށްލަންޏާ] އެމްއެންޔޫ މެދުވެރިކޮށް ރަނގަޅު ދިރާސާއެއް ހަދައި އޭގެ ނަތީޖާއަށް ބިނާކޮށް މިކަން ކުރަން ޖެހޭ،" މިކަމުގައި ގަފޫރުގެ ވިސްނުން ހަމާކުރައްވައި އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވި ގޮތުގައި، މި ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ސަރުކާރުގެ މީޑިއާތަކާއި ޕީއެންސީގެ މީޑިއާތަކުން ތަކުރާރުކޮށް ވާހަކަ ދައްކަމުންދެ އެވެ.

ގަފޫރުގެ ވާހަކައަށް ރައްދު ދެއްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، ސިޔާސީ ނަޒަރަކުން ނުބައިގޮތަކަށް ރައްޔިތުންނަށް ވިސްނާ ދޭން ބޭނުންވާނަމަ އެގޮތަށް ވާހަކަދެއްކިދާނެ ކަަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާއެއްގައި ގާނޫނު އަސާސީއަށް އިސްލާހެއް މި ހުށަހެޅީ މި ދެ އިންތިހާބު އެއްކޮށްލައި، މާދަމާ އިސްލާހު ފާސް ކުރަކަށް ނޫން ކަމަށާއި، ކޮމެޓީ މަރުހަލާއަށް މިކަން ދާނެ ކަމަށްވެސް ފަލާހް ވިދާޅުވި އެވެ. 

މިގޮތުން ކޮމެޓީ މަރުހަލާގައި ކަމާ ގުޅުން ހުރި ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ކުރާނެ ކަމަށާއި، އެކަމަށް ވަރަށް ވަގުތު ނަގާނެ ކަމަށްވެސް ފަލާހް ވިދާޅުވި އެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް އެމްޑީޕީން ތާއީދު ނުކުރާ ކަމަށް ގަފޫރު ވިދާޅުވިރު، އެ ޕާޓީއަށް ނިސްބަވްތެވަޑައިގެންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ތާއީދު ކުރައްވާފަ އެވެ. އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހަލައިގެން ބޭއްވުމަށް ތާއީދު ކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅިއިރު، މަޖިލިސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ނުކުރެވުނު ކަމަށާއި ދައުލަތާއި ސަރުކާރު ޖަވާބު ދާރީ ކުރުވަން "މިޑްޓާމް އިލެކްޝަން" އަކަށް ގާނޫނޫން ބާރު ދީ މަޖިލިސް އަދި ރިޔާސީ އިންތިހާބު އެއްކޮށްލުމާއިއެކު އިންތިހާބީ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް އެދޭ ރާއްޖެ ކެމްޕެއިން ހަރަކާތުން މިއަދު ވަނީ ގޮވާލައިފަ އެވެ.

އެގޮތުން:

1 . ގާނޫނު ހެދުމުގައި އަދި ދައުލަތް ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް އިތުރު ފަށަލައެއްގެގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މަތިގެއެއް އުފައްދައި، މަތިގެ އަކާއި ތިރިގެ ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީސް އަލުން ތަރުތީބު ކުރުމަށް

ނަތީޖާ:

ތިރިގޭގައި އޮންނަ މެޖޯރިޓީ ނަހަމަގޮތުގައި ބޭނުންކޮށްގެން ނިންމާ ނިންމުންތަކަށް ހައްލު ލިބުމާއި

ނުފޫޒެއް ނެތި، ސަރުކާރު ޖަވާބުދާރީ ކުރެވި، ކަންކަން ނިންމަނީ ހަގީގަތުގައި ވެސް ދައުލަތުގެ މަންފާ އަށްތޯ ކަވަރު ކުރެވި ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުން

2 . ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމާއި ސިޔާސީ ހާލަތު ވަޒަން ކުރަން ލާޒިމް ކުރުމަށް 

ނަތީޖާ:

ފަސް އަހަރުން އެއް ފަހަރުން ލިބޭ ވޯޓްލުމުގެ ފުރުސަތުގެ ބަދަލުގައި ދައުރުގެ މެދުން ގޮތް ނިންމުގެ ފުރުސަތު ލިބި، ގައުމުގެ ސިޔާސީ ހާލަތު ވަޒަން ކުރަން އެނގުން  

3. މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުވާ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށާއި އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް 

ނަތީޖާ:

މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ގިނަ މީހުންގެ ތާއިދާއެކު ރައްޔިތުންގެ މަންދޫބުން އިންތިހާބުވުމާއި ދިވެހިރާއްޖޭގެ ވޯޓުލާ ނިޒާމު ޕްރިފެރެންޝަލް ވޯޓިން ނިޒާމަކަށް ބަދަލުކޮށް، އިންތިހާބު ކާމިޔާބުވި ކަމަށް ބެލޭނީ ވޯޓްލާ މީހުންގެ އަގުލަބިއްތު ހޯދާ ކެންޑިޑޭޓުކަމުގަ ވުން

އެދޭ ރާއްޖެ ޓީމުން ގަބޫލްކުރާ ގޮތުގައި ވެރިކަން ހިންގުމުގެ އޮނިގަނޑުގެ އެންމެ މަތީގައި އަބަދުވެސް ތިބެންޖެހޭ ބަޔަކީ "ރައްޔިތުން" ނެވެ. އެހެން ކަމުން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް އެދޭ ރާއްޖެ ކަރުދާހުގެ އޮތް އެންމެ ފުރަތަމަ ހުޅަހެޅުމަކީ "ރައްޔިތުންގެ ބާރު" އެވެ.

"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް